ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާނުގައި ޓިކްޓޮކް ބްލޮކްކޮށްފި

އާންމު އިޖްތިމާއީ މިންގަޑާއި އާންމު ސުލްހަ މަސަލަސްކަމަށް ބުރޫ އަރާފަދަ ގިނަ ކޮންޓެންޓްތަކެއް ޓިކްޓޮކްގައި ސްޓްރީމް ކުރަމުން އަންނާތީ ޕާކިސްތާނުން ޓިކްޓޮކް ބްލޮކް ކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ އެ ގައުމުގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީންނެވެ.

ޕާކިސްތާނުން ޓިކްޓޮކް ބްލޮކް ކޮށްފައިވާއިރު އިންޑިއާއިން ވެސް މިދިޔަ ޖޫން މަހު ޓިކްޓޮކް ބްލޮކްކޮށްފައި ވެއެވެ. މީގެ އިތުރުން އޮސްޓްރޭލިއާ އަޝްކަރީ ފަރާތްތަކުން ޓިކްޓޮކް ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. އޮސްޓްރޭލިއާގެ އިތުރުން އެމެރިކާގައި ވެސް ޓިކްޓޮކް ބްލޮކް ކުރުމުގެ ވާހަކަތައް ކަމާބެހޭ ފަރާތްތަކުން އަންނަނީ ދައްކަމުންނެވެ.

ޕާކިސްތާނުން މި ނިންމު ނިންމާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ އިސްނެންގެވުމުގެ ދަށުން ކަމަށް މަޝްހޫރު ނޫސް އޭޖެންސީ އޮއިޓާސް އިން ބުނެއެވެ.

ޕާކިސްތާނުގައި ޓިކްޓޮކް ބްލޮކް ކުރީ މިމަހު 09 ވަނަ ދުވަހުއެވެ. މިކަމާ ގުޅިގެން ޓިކްޓޮކުން ބުނެފައިވަނީ މައްސަލަ ހައްލުކޮށް ޕާކިސްތާނުގައި ޓިކްޓޮކް އަލުން ދޫކުރުމަށް އެ ޤައުމުގެ ކަމާއިބެހޭ ފަރާތްތަކާއި މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ހައްލަކަށް އާދެވޭނެ ކަމުގައި ގަބޫލުކުރާކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top