ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ސްޓޫޑެންޓް އޮފް ދަ އިޔާ: އާފްޓާ ޑާކް” ރިލީޒްކުރާ ތާރީޚު އިޢުލާނުކޮށްފި
ގޫގުލް

ބޮލީވުޑްގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ކަރަން ޖޯހަރްގެ މަޤުބޫލު ފްރެންޗައިޒް “ސްޓޫޑެންޓް އޮފް ދަ އިޔާ” އަށް 14 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ސިލްސިލާގެ މުޅިން އާ ވެބް ސީރީޒް “ސްޓޫޑެންޓް އޮފް ދަ އިޔާ: އާފްޓާ ޑާކް” އަންނަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ޖިއޯހޮޓްސްޓާ މެދުވެރިކޮށް ރިލީޒްކުރާނެކަން އިޢުލާނުކޮށްފިއެވެ.

ދަރުމާޓިކް އެންޓަޓެއިންމެންޓުން ޕްރޮޑިއުސްކޮށް، ރީމާ މާޔާ ޑައިރެކްޓްކުރާ މި ސީރީޒްގެ މައިގަނޑު ރޯލުން ފެނިގެންދާނީ ޝަނާޔާ ކަޕޫރެވެ. މިއީ ޝަނާޔާ ޑިޖިޓަލް ޕްލެޓްފޯމަކަށް ތަޢާރަފުވާ ފުރަތަމަ މަސައްކަތެވެ. ޚަބަރުތައް ބުނާ ގޮތުގައި މި ސީރީޒްގައި އޭނާ ފެނިގެންދާނީ ޑަބަލް ރޯލަކުންނެވެ.

މި ސީރީޒަކީ ކުރިން ފެނިގެންދިޔަ ފިލްމުތަކާ މުޅިން ތަފާތުކޮށް، ބިރުވެރިކަމާއި، ސިއްރުތަކާއި، އަނިޔާވެރިކަމުގެ އިތުރުން ވާދަވެރިކަމުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ތުރިލާއެކެވެ. ކަރަން ޖޯހަރް ސޯޝަލް މީޑިއާގައި ހިއްސާކުރި ފުރަތަމަ ޕޯސްޓަރުގައި ޝަނާޔާ ފެންނަނީ ލެއިން ތަތްތެޅިފައިވާ ސިފައެއްގައެވެ. މިއީ ކުރީގެ ފިލްމުތަކުން ފެނުނު ކުލަގަދަ އަދި ލޯބީގެ ކޮލެޖް ދިރިއުޅުމާ މުޅިން ޚިލާފު، އަނދިރި ދިމާއަކަށް މި ފްރެންޗައިޒް ދަތުރުކުރާނެކަމުގެ އިޝާރާތެކެވެ.

ސީރީޒާ ގުޅޭގޮތުން ޑައިރެކްޓަރު ރީމާ މާޔާ ބުނީ، މިއީ ބެލުންތެރިން އުންމީދުކުރާ ފަދަ އާދައިގެ ވާހަކައަކަށް ނުވާނެ ކަމަށާއި، މި މަސައްކަތުގައި ކޮލެޖުގެ މާހައުލު ސިފަކޮށްދީފައިވަނީ ވަރަށް ތަފާތު ތުރިލާ ވާދަވެރިކަމެއްގެ ގޮތުގައި ކަމަށެވެ. އަދި އާ ޖީލުގެ ޒުވާނުންނާ ގުޅޭ ފުން ވާހަކަތަކެއް ގެނެސްދިނުމަށް ވެބް ސީރީޒް ފޯމެޓަކީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

މިވެސް ކިޔާލަން:  "މާއެނބޫ" އެނބުރި ކެމެރާ ކުރިމައްޗަށް!

ޝަނާޔާ ކަޕޫރު ބުނި ގޮތުގައި މި ސީރީޒަކީ އޭނާއަށް ހަމައެކަނި ޕްރޮޖެކްޓެއް ނޫން ކަމަށާއި މިއީ ވަރަށް ބޮޑު ގޮންޖެހުމެއް އަދި ތަފާތު ތަޖުރިބާއެކެވެ. އަދި އާންމުކޮށް މިފަދަ ވާހަކަތަކުން ފެންނަ ގޮތްތަކާ ޚިލާފަށް އޭނާގެ ކެރެކްޓާ ބައްޓަންކުރުމަކީ ބެލުންތެރިން ޝައުޤުވެރިކުރުވާނެ ކަމެއް ކަމަށް އޭނާ ބުންޏެވެ. މި ސީރީޒްގައި ދިވިކް ޝަރްމާ އަދި މަންޔާ ގްރޯވާވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.

“ސްޓޫޑެންޓް އޮފް ދަ އިޔާ” ގެ ފުރަތަމަ ފިލްމު 2012 ވަނަ އަހަރު ރިލީޒްކުރިއިރު، އެ ފިލްމުން ވަނީ އާލިއާ ބަޓް، ވަރުން ދަވަން އަދި ސިދާތު މަލޯތުރާ ބޮލީވުޑަށް ތަޢާރަފުވެފައެވެ. އަދި 2019 ވަނަ އަހަރު ޕުނީތު މަލޯތުރާ ޑައިރެކްޓްކުރި ދެވަނަ ފިލްމުން ފެނިގެންދިޔައީ ޓައިގާ ޝްރޮފް، އަނަންޔާ ޕާންޑޭ އަދި ތާރާ ސުތާރިއާއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top