ބައިސްކޯފުން، ކުޑަކުދިންނަށް ޚާއްޞަކޮށްގެން “ބްރައިޓް ބަކެޓް” ޝޯވގެ ފުރަތަމަ 05 އެޕިސޯޑް މިހާރު ބައިސްކޯފުން ބަލައިލެވޭނެއެވެ.

“ބްރައިޓް ބަކެޓް” އަކީ ޝަޢުޤުވެރި، މަޢުލޫމާތުގެ ޚަޒާނާއެއް ގެނެސްދޭ މޭވަވެތި ޝޯވއެކެވެ. މި ޝޯވގައި ފެނިގެންދަނީ އެނިމޭޓެޑް ކެރެކްޓަރ އެއް، ޞިއްޙަތާއި ގުޅޭ އަގުހުރި މަޢުލޫމާތުތަކެއް ގެނެސްދޭތަނެވެ. އެނިމޭޓްކޮށްފައިވާ މަންޒަރުތަކަކާއެކު ގެނެސްދޭ މި ޕްރޮގްރާމު ހުށައަޅައިދެނީވެސް ކުޑަކުއްޖެކެވެ.

“ބްރައިޓް ބަކެޓް” ލޯންޗްކުރުމަށް ބައިސްކޯފުގައި ޚާއްޞަ އިވެންޓެއް ބާއްވާފައިވެއެވެ. އިއްޔެ ބޭއްވި މި އިވެންޓްގައި ކުޑަކުދިންތަކެއް ވެސް ބައިވެރިވިއެވެ.

ބައިސްކޯފުގެ ކޮންޓެންޓްތައް އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން އަންނައިރު، މި ދުވަސްކޮޅަކީ އައު ކޮންޓެންޓްތަކެއް ދައްކަން ފަށާފައިވާ ދުވަސްކޮޅެއްކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.