ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޞިއްޙަތަށް ފައިދާހުރި ބާވަތްތައް ހެއްދުން އިތުރުކުރުމުގެ ޕްރޮގްރާމެއް ފަށަނީ

ޒަމާނުއްސުރެ ރާއްޖޭގައި ހައްދާ ޞިއްޙަތަށް ފައިދާހުރި ބާވަތްތައް ހެއްދުން އިތުރުކުރުމުގެ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ފެއްޓެވުމަށް ތައްޔާރުވެއްޖެ އެވެ،

“ދަނޑުވެރިކަމުގެ ސިނާއަތުގައި ކާބޯތަކެތީގެ ޔަޤީންކަމާއިރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތައް ބޮޑު އިންސައްތައަކުން އިތުރުކުރުން” މި ސިޔާސަތުގެ މައްޗަށް ރިޢާޔަތްކޮށް، ޒަމާނުއްސުރެ ރާއްޖޭގައި ހައްދާ ޞިއްޙަތަށް ފައިދާހުރި ބާވަތްތައް ހެއްދުން އިތުރުކުރުމުގެ ޕްރޮގްރާމްގެ ދަށުން، ގަސް ހަދިޔާކުރުމަށް ހަމަޖެހިފައިވާ ރަށްތަކަށް ގަސްތައް ގެންދިޔުމުގެ މަސައްކަތްފެށިގެން ކުރިއަށް ދާކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

މި ޕްރޮގްރާމްގެ ދަށުން މިއަހަރުތެރޭ ތިލަދުންމަތީ އުތުރުބުރީ އުލިގަން، ވަށަފަރު އަދި މޮޅަދޫގެ ގޭބިސީތަކުގަޔާއި، ރަށުގެ ހުސްބިމުގައި އިންދުމަށް ގަސް ހަދިޔާކުރުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ހަދިޔާކުރުމަށް ހަމަޖެހިފައިވާ ގަސްތަކުގެ ތެރޭގައި ހިމެނެނީ ބަނބުކެޔޮ، މުރަނގަ، ޖަނބުރޯލު، ދޮންކެޔޮ އަދި އަލަ ކަހަލަ ބާވަތްތަކެވެ.  މީގެ ތެރެއިން ގިނަ އަދަދެއްގެ ގަސް އުފައްދާފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ރާއްޖޭގެ އުތުރުގައި ދަނޑުވެރިކަމުގެ ދިރާސާއި، ތަމްރީންދިނުމަށް ޤާއިމުކޮށްފައިވާ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައެވެ.

[responsive-slider id=32523]

މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހެދޭ އަދި ޒަމާނުއްސުރެން ކެއުމަށް ބޭނުންކުރާ ކާނާގެ ބާވަތްތައް އާލާކުރުމާއި، ކާނާގެ ދަތިކަމުގެ ހާލަތެއް ދިމާވެއްޖެނަމަ، ދުޅަހެޔޮ ޞިއްހަތެއްގައި ދެމިތިބުމަށް ބޭނުންވާ ކާނާގެ ބާވަތްތައް ފަސޭހަކަމާއި އެކު ރަށުން ލިބޭނެ މަގު ތަނަވަސް ކޮށްދިނުމުގެ މަޤްސަދުގައި އެ މިނިސްޓްރީއިން ކުރިއަށްގެންދާ ޕްރޮގްރާކެވެ.

މި ޕްރޮގްރާމްގެ ދަށުން ގަސް ހަދިޔާކުރުމާއި، ގަސް އިންދުމުގެ ހަރަކާތް މި 3 ރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ދަނޑުވެރިންގެ ދުވަހު (15 އޮކްޓޯބަރ) ގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top