ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ލާމު ގޮޅަރިހަ ޕެކޭޖެއް މިނިސްޓަރ ޒަހާއަށް!

ލާމު ޓުއާރގެ ފަރާތުން މިނިސްޓަރ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދަށް ‘ލާމު ގޮޅަރިހަ’ ޕެކޭޖެއް ހަދިޔާކޮށްފިއެވެ.

ލާމު ޓުއާރ އިން މިނިސްޓަރ ޒަހާއަށް ‘ލާމު ގޮޅަރިހަ’ ޕެކޭޖެއް ހަދިޔާކުރުމުން އެކަން ފާހަގަކުރައްވާ ޝުކުރުއަދާކުރައްވަމުން ވިދާޅުވީ ހިތްގައިމު ލާމު އަތޮޅުގެ ފަޚުރުވެރި އަމިއްލަ އުފެއްދުމެއް ކަމުގައިވާ ގޮޅަރިހަ އަކީ ފަރުމަހުން އުފައްދާފައިވާ ދިވެހިވަންތަ އުފެއްދުމެއް ކަމަށާއި #LaamuTour ގްރޫޕްގެ ފަރާތުން މިއަދު (20 އޮކްޓޫބަރު 2020) މިވަނީ މިއުފެއްދުން މިނިސްޓަރަށް ލިބިލައްވާފައި ކަމަށެވެ.

ލާމު ޓުއާރ އިން މިނިސްޓަރ ޒަހާއަށް ‘ލާމު ގޮޅަރިހަ’ ޕެކޭޖެއް ހަދިޔާކޮށްފައި މިވަނީ ލާމު ޓުއާރ އިން ހިންގަމުން އަންނަ ‘ލާމު ގޮޅަރިހަ’ އިވެންޓުގެ ދަށުން ކަމަށެވެ.

“މިއީ އަސްލު މި ދުވަސްކޮޅުގެ ގޮތުން ޓްރެވެލްކުރުން އަދި މާލެެއިން ލާމަށް އައިސް ކަރަންޓީނުވާން ޖެހޭތީ، ނިއު ނޯމަލް ލާމު ގޮޅަ ރިހަ އިވެންޓް މާލޭގަ މި ޖައްސަނީ. ދެން އޮތީ އެހެނިހެން އަތޮޅުތަކަށް ‘ލާމު ގޮޅަ ރިހަ’ ތަޢާރަފުކުރުމަށް މި ހަރަކާތް ހިންގުން.” ލާމު ޓުއާރގެ ފައުންޑަރ ޢަބްދުﷲ ފައިސަލް މުނިއަވަސް އަށް ހާމަކުރެއްވިއެވެ.

ފައިސަލް އިތުރަށް ވިދާޅުވީ މި ހަރަކާތަކީ މިއަދުގެ ހާލަތާ ގުޅިގެން ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުންނާާއި ލާމު އަތޮޅު ޕްރޮމޯޓްކުރުމަށް ހިންގަން ފަށާފައިވާ ހަރަކާާތެއް ކަމަށެވެ.

‘ލާމު ގޮޅަ ރިހަ’ ހަދިޔާކުރުމުގެ ހަރަކާތުގެ ދަށުން ރާއްޖޭގެ އެކިއެކި ދާއިރާތަކުގެ ސެލެބްރިޓީންނަށް ގޮޅަ ދިހަ ހަަދިޔާކުރަމުން އަންނަކަން ފާހަގަކޮށްލެވެއެއެވެ. އެގޮތުން ރާއްޖެއާއި ދުނިއަށް ވެސް މަޝްހޫރުކަން ލިބިފައިވާ ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤް (ދަގަނޑޭ) އާއި މަޝްހޫރު ދުވުންތެރިޔާ ޙަސަން ސާއިދު، ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް ޢަބްދުލް ޣަނީ އަށްވެސް ވަނީ ‘ލާމު ގޮޅަ ރިހަ’ ޕެކޭޖެއް ހަދިޔާކޮށްފައެވެ.

[responsive-slider id=32722]

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
މަންޒިލް5 އަހަރު ކުރިން

ލ. އަތޮޅަކީ ގޮސްލަން އެންމެ ސަޅި މަންޒިލް

zmi5 އަހަރު ކުރިން

Kobaa hey mashah

Truth5 އަހަރު ކުރިން

LaamuTour is the best to promote Laamu Atoll, the other so called Laamu initials are just fakes who is after some money or to gain some publicity among the members

ޒުހާ5 އަހަރު ކުރިން

ޒަހާ ސަޅި ވީމަ ދޯ ޒަހާ އަށް ފޮނުވީ. މަށަށް ވެސް ފޮނުވަބަ

ނިޔާ5 އަހަރު ކުރިން

ލާމު ޓުއާ ނޫނީ ނޫޅޭ ލާމު ޕްރޮމޯޓްކުރަން އުޅޭ ބައެއް. ދެން ތިބީ ކުރިއަށް ލާމު ލައިގެން ވިޔަފާރިއަށް އުޅޭމީހުން

ބައިވެރިޔާ5 އަހަރު ކުރިން

ލާމު ގޮޅަރިހަ ތިއީ ވަރަށް މީރު އެއްޗެއް. އަޅެ އިނބަމެން މަށަށްވެސް ފޮނުވަބަލަ

Home
Menu
Search
Back to top