ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކަރުހަކުރަށް ދަހިވޭތަ؟ ވަރަށް އަވަހަށް ލިބޭނެޔޯ!

ނާއީ ހުރީ މާސްކް އަޅައިގެންނެވެ. ދެ އަތަށް އަންގި ލައްވައިގެންނެވެ. ނުވިތާކަށް ފޫޓުފީތާ ހިފައިގެން ތިން ފޫޓު ކަށަވަރުކުރަން މިން އަޅައިލައަޅައިލައެވެ. މި ކިޔަނީ ބައިސްކޯފުން ދައްކާ ރާއްޖޭގެ ފުރަތަމަ ސިޓްކޮމް “ކަރުހަކުރު“ގެ ސީޒަން ތިނޭއް ގައި ނާއީގެ ހާލަތު ހުންނާނެ ގޮތުގެ ކުޑަ މަންޒަރެއްގެ ވާހަކައެވެ. ބޮޑު މަންޒަރާއެކު ވަރަށް ވަރަށް އަވަހަށް “ކަރުހަކުރު” އަންނާން ކައިރިވެއްޖެ ކަމަށް ބައިސްކޯފުން އިޝާރާތްކުރެއެވެ.

ބައިސްކޯފު ބެލުންތެރިންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ސިޓިންރޫމް ކޮމެޑީ “ކަރުހަކުރު“ގެ ސީޒަން 03 ގައިވެސް ހިމެނޭނީ 12 އެޕިސޯޑެވެ. ރާއްޖޭގެ މަޤްބޫލު ސްކްރީން ރައިޓަރ މަހްދީ އަޙްމަދު ސްކްރީންޕްލޭ ލިޔާ މި ސީރީޒްގައި މިފަހަރު އައު ތަރިންތަކެއް ފެނިގެންދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. އެގޮތުން މެއިން ކާސްޓަށް ވެސް އިތުރު ތަރިއެއް އަންނާނެކަން މަހްދީގެ ބްލޮގްގައި ބުނެފައިވެއެވެ.

މުޙައްމަދު މުންތަސިރު (މުންކޮ) ޑައިރެކްޓްކުރާ “ކަރުހަކުރު” މިއީ އޯކޭޒް އިންކް އާއި ބައިސްކޯފު ގުޅިގެން އުފައްދަމުން އަންނަ ސީރީޒެކެވެ.

ކަރުހަކުރު” ސީރީޒް ގެ މައިގަނޑު ކާސްޓުނަކީ މަޝްހޫރު ލަވަކިއުންތެރިޔާ ލަމްހާ ލަތީފް (ލިއުޝާ)، މަޝްހޫރު ފިލްމީ ތަރި އަލީ އާޒިމް (ޒެކް)، ރައުފަތު ޞާދިޤު (ނާއިފް)، އައިޝަތު ޢަލީ (ލީޒާ) އާއި ޙުސައިން ނާޒިމް (ރަޝީދު)ގެ އިތުރުން އަފްރާހް (ކުޑޭ) ހިމެނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ހުވާ5 އަހަރު ކުރިން

ޕެކޭޖް ނެގީވެސް ކަރުހަކުރު އެންޑް ހުވާ ބަލަން

ރުގީ5 އަހަރު ކުރިން

ދަހިވަނީ ދަހިވާ ނަމަކަށްތަ؟ މާ ހާސަރު ދިގުނުކޮށް ދައްކަން ފަށާބަލަ

Home
Menu
Search
Back to top