އެމެރިކާގެ ލޫސިއާނާ އަށް ނިސްބަތްވާ ޢާއިލާއެއް ދިރިއުޅޭ ގޯތިތެރެއިން އެކިއެކި މީހުންގެ އަންނައުނު ފެންނަން ފެށުން، އެ އާއިލާއަށް ވީ ވަރަށް ހައިރާން ކުރުވަނިވި ކަމަކަށެވެ. އެހެން ނުވާންވީ ސަބައެއް ވެސް ނެތެވެ. އެގޭ މީހުންގެ ހެދުންތަކާއި އެހެރަގޭ މީހުންގެ ހެދުންތައް ފެންނާން ފެށީ ހައިރާންވާހާ ގިނައިންނެވެ.
މިކަމާ ކަންބޮޑުވެގެން އެމީހުން ސީސީޓީވީ ކެމެރާ ހަރުކުރިއެވެ. ވަގު ހިފުމަށެވެ. ކަމަކު ދާކަށް ނެތެވެ. ސީސީޓީވީ ފުޓޭޖްތަކަށް އަރަން ފެށީ އަސްލު ވަގު ބުޅަލެކެވެ. ވައްކަން ކުރާ ބުޅަލެކެވެ. އަވައްޓެރިންގެ ގޭގޭގައި ހިއްކަން އަޅާފައި ހުންނަ ހެދުންތައް ވަގަށް ނަގައިގެން ގެންނަނީއެވެ.
“ވީޑިއޯ ފެނުމުން އަހަރެން ހިތަށް އެރި، ކާކުގެ ބުޅަލެއްބާއޭ ވައްކަން އެ ކުރަނީ. ކިހިނެއް އެނގޭނީ އަހަރުންގޭ ބުޅާ ކަމެއް މި ވައްކަން ކުރަނީ؟” ހިނިގަނޑެއް ޖަހައިލަމުން، ގޭޭގެ ވެރިމީހާ ބުންޏެވެ.
ކޮންމެއަކަސް އެ ގޭގައި ގެންގުޅޭ ބުޅާ މިވީ ހަމަ އަސްލު ވަގު ބުޅަލަކަށެެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!