ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާނު ޑްރާމާ ސީރީޒްތަކުން އެންމެ ސަޅި 20 – ތިންވަނައިގަ “މޯރާ ޕިޔާ”

މުނިއަވަސް އިން މި ގެނެސްދޭ ޕާކިސްތާނުގެ ޑްރާމާ ސީރީޒްތަކުން އެންމެ ސަޅި 20 ޑްރާމާ ލިސްޓުގެ އެއްވަނައިގައި “ހަމްސަފަރް”، ދެވަނައިގައި “ދާމް” އޮތް އިރު، ތިންވަނައިގައި މިއޮތީ “މޯރާ ޕިޔާ” އެވެ.

ފައިސަލް (ޢަދީލް ޙުސައިން) އަކީ ލޭންޑް މާފިޔާ ގްރޫޕަކުން ހިންގަމުން އަންނަ ގާނޫނާ ޚިލާފު ހަރަކާތްތަކެއް ކަވަރކުރުމުގައި ހަރަކާތްތެރިވަމުން އަންނަ ނޫސްވެރިއެކެވެ. ފައިސަލް އާއި އުޖާލާ (އާމިނާ ޝެއިޚް)ގެ ކައިވެނި އޮތް ރޭ، ފައިސަލްގެ ކިބައިން ބަދަލުހިފުމަށްޓަކައި ގޭންގަކުން، އުޖާލާ ރޭޕްކޮށްލައެވެ. ދުވަސްކޮޅެއް ތެރޭގައި އުޖާލާ ބަނޑުބޮޑުވެއެވެ. ލިބެން އުޅޭ ދަރިއަކީ އަމިއްލަ ދަރިއެއްކަން ފައިސަލަށް ޤަބޫލެއް ނުކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން ދެމީހުންގެ ގުޅުން ގޯހުން ގޯހަށް ދެއެވެ.

ލޯބިން އުޅުނު ދެމަފިރިންގެ ހަޔާތަށް އައި ބޮޑު ތޫފާނަށް ފަހު، ދެމީހުންގެ ގުޅުން އަލުން އިއާދަކުރުމަށް ކުރާ ދަތުރު، މި ސީރީޒުން ފެނިގެންދާނެއެވެ.

އެޕިސޯޑް 01

[aiovg_video type=”dailymotion” dailymotion=”https://www.dailymotion.com/video/xmpxfs” poster=”http://www.muniavas.com/wp-content/uploads/2020/11/mora-piya.jpg” width=”500″]

[aiovg_video type=”dailymotion” dailymotion=”https://www.dailymotion.com/video/xmpxfy” poster=”http://www.muniavas.com/wp-content/uploads/2020/11/mora-piya.jpg” width=”500″]

[aiovg_video type=”dailymotion” dailymotion=”https://www.dailymotion.com/video/xoynn5″ poster=”http://www.muniavas.com/wp-content/uploads/2020/11/mora-piya.jpg” width=”500″]

[aiovg_video type=”dailymotion” dailymotion=”https://www.dailymotion.com/video/xmpvje” poster=”http://www.muniavas.com/wp-content/uploads/2020/11/mora-piya.jpg” width=”500″]

“މޯރާ ޕިޔާ” ގެ އެޕިސޯޑްތައް ފަސޭހަކަމާއެކު ބަލައިލަން ލިބެން ނެތްކަން ފާހަގަކޮށްލެވެއެވެ. ޔޫޓިއުބަށް އެޕިސޯޑްތައް އަޕްލޯޑްކޮށްފައި ނެތްއިރު، ޑެއިލީ މޯޝަންގައި ވެސް އެޕިސޯޑްތައް އަޕްލޯޑްކޮށްފައި ހުރީ ކޮންމެ އެޕިސޯޑެއް ހަތަރު ބަޔަށެވެ. އެހެންކަމުން އެ ހުރިހައި ލިންކްތައް މިފަހަރު ހިމަނާލެވިފައި ނުވާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top