އޯކޭޒް އިންކް އާއި ބައިސްކޯފުން ގެނެސްދޭ ކާމިޔާބު ސިޓްކޮމް “ކަރުހަކުރު“ގެ ސީޒަން 03 ގެ ފުރަތަމަ އެޕިސޯޑް ރޭ 09:00 ގައި ބައިސްކޯފުން ދައްކައިފިއެވެ. ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދާ “ކަރުހަކުރު” ސީޒަން 03 ގެ ފުރަތަމަ އެޕިސޯޑުން ހީހީ ބަލިވާވަރު ކޮށްލައެވެ.

ރޭ ދެއްކި އެޕިސޯޑުން ވަރަށް ޚާއްޞަ މެހެމާނެއް ފެނިގެން ގޮސްފައި ވެއެވެ. ޚާއްޞަ މެހެމާނުގެ ވާހަކަ އިތުރަށް ބުނެދޭކަށް ނެތީމެވެ. ސީރީޒް ބަލައިލާށެވެ.

ރޭގެ އެޕިސޯޑްގައި ޙުސައިން ނާޒިމް (ރަޝީދު)ގެ ގޭގައި މަސައްކަތު މީހެއްގެ ގޮތުގައި ގެންގުޅޭ ‘މިޔާ’ގެ ބޮޑު ބައެއް ވެސް ފެނިގެން ގޮސްފައިވެއެވެ.

ކަރުހަކުރު” ސީޒަން 03 ގެ ފުރަތަމަ އެޕިސޯޑުން ފެނިގެން ދަނީ ރަޝީދުގެ އާއިލާއިން މަސައްކަތެއް ފަަށަން އުޅޭތަނެވެ. ރައުފަތު ޞާދިޤު (ނާއިފް)ގެ ގައިދުރުކަން ފެނިގެންދާ އިރު، ލަމްހާ ލަތީފް (ލިއުޝާ) އާއި އައިޝަތު ޢަލީ (ލީޒާ) އުޅުނީ ‘ފޯވާތީ’ އެވެ. އަނެއްކޮޅުން އަލީ އާޒިމް (ޒެކް) ހުރީ ކޮރޯނާ އޮޅުންބޮޅުންވެ ވާނުވާގައެވެ. ޙުސައިން ނާޒިމް (ރަޝީދު) އާއި ބެންކޮކްގައި ހުންނަ އަފްރާހް (ކުޑޭ) އާއި ދެމީހުންގެ ފޯނުކޯލަކީ ވެސް ފާހަގަކޮށްލަން ޖެހޭ ކޯލެކެވެ.

މަހްދީ އަޙްމަދުގެ މަޖާ ސްކްރިޕްޓަށް، މުޙައްމަދު މުންތަސިރު (މުންކޮ)ގެ ހުނަރާއި ހިއުމަރ ހިމަނައިގެން ގެނެސްދޭ “ކަރުހަކުރު“ގެ އައު އެޕިސޯޑެއް ކޮންމެ ބުދަ ދުވަހެއްގެ ރޭ ދައްކާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.