މިދިޔަ އަހަރުގެ ކާމިޔާބު ފިލްމު ”ބަވަތި“ ގެނެސްދީފައިވާ އައި ފިލްމްސް އިން ވެބް ސީރީޒެއްގެ ޝޫޓިން ފަށައިފިއެވެ. އައިފިލްމްސްގެ ވެރިޔާ އަދި ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) މުނިއަވަސް އަށް މިރޭ ބުނީ އެ ޕްރޮޑަކްޝަނުންް އުފައްދާ ވެބް ސީރީޒްގެ ނަމަކީ ”ބިރުވެރި ވާހަކަ“ ކަމަށެވެ.
”ސީރީޒްގެ ނަމަކީ ”ބިރުވެރި ވާހަކަ“. ޖުމްލަ 15 އެޕިސޯޑް ހިމެނޭނީ. ކޮންމެ އެޕިސޯޑަކީ ވަކި ވާހަކައެއް.“ ވެބް ސީރީޒްގެ އިތުރު މަޢުލޫމާތު ހިއްސާކުރަމުން އިއްލެ ބުންޏެވެ.
ވެބް ސީރީޒްގެ ކާސްޓުންނާއި ޓެކްނިކަލް މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތަފުސީލު، އައިފިލްމްސް އިން އަދި ހިއްސާކޮށްފައެއް ނުވެއެވެ. ނަމަވެސް ޝޫޓިންގެ ބައެއް ފޮޓޯތައް މުނިއަވަސް އާ ހިއްސާކޮށްފައި ވެއެވެ.
މި ވެބް ސީރީޒްގެ މޭކަޕް މަސައްކަތް ކުރަނީ އައިފިލްމްސްގެ ދެ ފިލްމުގައި ވެސް މޭކަޕް މަސައްކަތްކުރި ރުޠުބާ އަޙްމަދު އެވެ.
އައިފިލްމްސްގެ އަލަތު ފިލްމު ”ބަވަތި”ގެ ބޮޑު ކާމިޔާބީއަށްފަހު، ދެވަނަ ފިލްމު ”ނީނާ”ގެ މަސައްކަތް ވެސް މިހާރު އޮތީ ނިންމާފައެވެ. އޭގެ ފަހުން އިތުރު ޕްރޮޖެކްޓްތަކެއް ފެށުމުގެ ތައްޔާރީތައް ވަމުން ދަނިކޮށް، ކޮވިޑް-19ގެ ބައލިމަޑުކަމާ ގުޅިގެން މަސައްކަތްތައް މަޑުޖައްސާލާފައި އޮތުމަށްފަހު އަލުން މަސައްކަތްތައް ފަށާފައިވާކަން މިރޭ އައިފިލްމްސް އިން ކުރި ޓްވީޓެއްގައިވެސް ވަނީ ބުނެފައެވެ.
ވެބް ސީޜީޒް ”ބިރުވެރި ވާހަކަ“ ދައްކާނީ ކޮން ޕްލެޓްފޯމެއްގައި ކަމެއް އައިފިލްމްސް އިން އަދި ހާމައެއް ނުކުރެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން



