ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެކްޓަރ ފަރާޒް ޚާން މަރުވެއްޖެ

ބޮލީވުޑްގެ އެކްޓަރ ފަރާޒް ޚާން މަރުވެއްޖެއެވެ. ފަރާޒް މަރުވީ ނިއުރޮލިޖިކަލް ޑިސޯޑަރ އަކަށްް ބެންގަލޫރު ހޮސްޕިޓަލުގައި ފަރުވާާދެމުން ދަނިކޮށް އައިސީޔޫގައި އިއްޔެގެ ވަގުތެއްގައެވެ.

މިކަން ޔަޤީންކޮށްދެމުން އެކްޓަރ/ޕްރޮޑިއުސަރ ޕޫޖާ ބަޓް ވަނީ ޓްވީޓެއް ކޮށްފައެވެ. އުމުރުން 46 އަހަރުގެ އެކްޓަރު މަރުވީ އޭނާގެ ފުރާނަ ސަލާމަތްކުރެވޭނެ ކަމުގެ އުންމީދު ޑޮކްޓަރުން ކުރިން ވެސް ކަނޑާލާފައި ވަނިކޮށެވެ.

ފަރާޒް ފިލްމީ ދާއިރާއަށް ނުކުތީ 1996 ގައި ރިލީޒްކުރި ފިލްމު “ފަރޭބް” އިންނެވެ. އޭނާ ކުޅެފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި “ޕްރިތުވީ” އާއި “ދުލްހަން ބަނޫ މޭ ތޭރީ” އަދި “ޗާންދު ބުޖް ގަޔާ” ހިމެނެ އެވެ.

ފަރާޒް ފެނިފައިވާ ޓީވީ ޝޯތަކުގެ ތެރޭގައި ‘އަޗާނަކް37 ސާލް ބާދް’، ‘ސިންދޫރު ތޭރޭ ނާމް ކާ’، ‘ނީލީ އާނކޭން’، ‘ރާތު ހޯނޭ ކޯ’ ވެސް ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top