2013 ވަނަ އަހަރު ގެނެސްދިން ބޮލީވުޑްގެ ކާމިޔާބު ކޮމެޑީ ފިލްމު ”ފުކްރޭ“ގެ 3 ވަނަ ފިލްމުގެ ޝޫޓިންގ ފަށާނީ އަންނަ އަހަރު ކަމަށް އެ ފިލްމުގެ ލީޑް ރޯލު ކުޅޭ އެކްޓަރު ޕުލްކިތު ސަމްރަތު ބުނެފިއެވެ.
”ފުކްރޭ 3 ގެ މަސައްކަތް ފަށާނީ ހާތީ މެރެ ސާތީ ނިމުނީމަ. ވަރަށް އަވަހަށް އަހަރެމެން ޝޫޓިންގ ފަށާނަން. ހަމަ ކުރީގެ ފިލްމުގެ ކާސްޓުން އުޅޭނީ. އަހަރެމެން އެންމެންވެސް ވަރަށް ލުކް ފޯވާޑް ކުރަން މި ފިލްމަށް. އަހަރެމެން މިހާރު މިތިބީ ފިލްމު ސެޓަށް ދާން ކެތްމަދުވެފަ. ސްކްރިޕްޓް ނިމިފައި އޮތީ. ތާރީޚުތައްވެސް ކަނޑައަޅާފައި އޮތީ.“
ޕުލްކިތު ބުނެފައިވެއެވެ.
”ފުކްރޭ 3″ގެ ތަރިންނަކީ ޕުލްކިތުގެ އިތުރުން ކުރީގެ ދެ ފިލްމުގައިވެސް ހަރަކާތްތެރިވި އަލީ ފަޒާލްއާއި ވަރޫން ޝަރުމާއާއި މަންޖޯތު ސިންގއާއި ރިޗާ ޗައްޑާއާއި ވިޝާކާ ސިންގގެ އިތުރުން ޕްރިޔާ އަނަންދެވެ.
ޕުލްކިތު އެންމެ ފަހުން ފެނުނީ މިދިޔަ މަހު 29ގައި ޒީ5 ގައި ރިލީޒްކުރި ”ތައިޝް“ އިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެންނާނީ އަންނަ ޖެނުއަރީ މަހު 15ގައި ރިލީޒްކުރާ ”ހާތީ މެރެ ސާތީ“ އިންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




