ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ފިލްމު ފްލޮޕްވި ނަމަވެސް މަޤުބޫލު ލަވަތަކެއް ގެނެސްދިން ބޮލީވުޑްގެ 10 ފިލްމެއް

ބޮކްސް އޮފީހުގެ ނަތީޖާތަކަކީ ބައެއް ފަހަރު ވަރަށް ހިތްދަތި އެއްޗަކަށް ވިޔަސް، ފިލްމެއް ނުހިނގުމަކީ އޭގެ ލަވަތައް މީހުންނަށް ކަމުނުދާނެ ސަބަބެއް ނޫނެވެ. ބޮލީވުޑްގައި ވަރަށް އަވަހަށް ފްލޮޕްވެ، ނަމަވެސް އޭގެ ލަވަތައް އެތައް އަހަރެއް ވަންދެން މީހުން އަޑުއަހަމުންދާ ފިލްމުތަކުގެ ދިގު ލިސްޓެއް އެބައޮތެވެ. ފިލްމު ނުހިނގި ނަމަވެސް ހިޓް ލަވަތަކެއް ގެނެސްދިން ބައެއް ފިލްމުތައް ތިރީގައި އެވަނީއެވެ.

ޝާންދާރު (2015)

އާލިއާ ބަޓް އަދި ޝާހިދު ކަޕޫރު ފެނިގެންދިޔަ މި ފިލްމަކީ ވަރަށް އުއްމީދީ ފިލްމެއް ނަމަވެސް، ފާޑުކިޔުންތެރިންނާއި ބެލުންތެރިންގެ މަޤުބޫލުކަމެއް މި ފިލްމަށް ނުލިބުނެވެ. ނަމަވެސް އަމީތު ތުރިވޭދީގެ މިއުޒިކް ފާހަގަކޮށްލެވެއެވެ. “ގުލާބޯ” ނުވަތަ “ނަޒްދީކިޔާން” އަކީ ގިނަ ބައެއްގެ މެދުގައި މަޤުބޫލުވި ލަވަތަކެކެވެ. “ޝާމް ޝާންދާރު” އަކީ ވެސް ގިނަ ދުވަސްތަކެއް ވަންދެން ޗާޓުތަކުގެ ކުރީގައި އޮތް، އަދި ކައިވެނި ހަފުލާތަކުގައި މިހާރުވެސް ބޭނުންކުރާ ލަވައެކެވެ.

ޖޫމް ބަރާބަރް ޖޫމް (2007)

ތަރިންގެ ފައުޖެއްގެ އިތުރުން އަމީތާބް ބައްޗަންގެ ޚާއްސަ ފެނިލުމަކާއެކު ވެސް މި ފިލްމަށް ބޮކްސް އޮފީހުގައި ކާމިޔާބެއް ނުލިބުނެވެ. އެހެންނަމަވެސް، 2007 ވަނަ އަހަރު މި ފިލްމުގެ އަލްބަމް ވެގެންދިޔައީ ގިނަ ބަޔަކަށް ކަމުދިޔަ އެއްޗަކަށެވެ. ފިލްމުގެ ޓައިޓަލް ލަވައާއި “ޓިކެޓް ޓު ހޮލީވުޑް” އަދި “ބޯލް ނާ ހަލްކޭ ހަލްކޭ” ފަދަ ލަވަތަކަކީ ފިލްމުގެ އެންމެ ފާހަގަކޮށްލެވުނު ބައެވެ. މިއީ ފިލްމު ފްލޮޕްވި ނަމަވެސް ލަވަތަކުގެ މަޤުބޫލުކަން ދެމިއޮތް ފާހަގަކޮށްލެވޭ މިސާލެކެވެ.

އަންވަރު (2007)

މިވެސް ކިޔާލަން:  ކިޔުނކެ އިތުނާ ޕިޔާރު ތުމްކޯ -ދިމާނަ

2007 ވަނަ އަހަރުގެ ހަނދާންތައް ހުރި މީހަކަށް “ތޯސޭ ނައިނާ ލާގޭ” އަދި “މައުލާ މޭރޭ މައުލާ” މި ދެ ލަވަ ހަނދާން ހުންނާނެކަން ޔަގީނެވެ. މި ދެ ލަވަ ވެސް ވަރަށް ގިނަ ދުވަސް ވަންދެން މަޤުބޫލުކަން ދެމެހެއްޓިއެވެ. ނަމަވެސް މި ލަވަތައް ހިމެނޭ “އަންވަރު” ފިލްމަކީ ގިނަ ބަޔަކު މިހާރު ހަނދާންވެސް ނެތް، އަދި ބެލުންތެރިންގެ ހިތްތައް އަތުލައިގަނެވޭވަރުގެ ފިލްމަކަށް ނުވިއެވެ.

ޕާޕް (2003)

ޖޯން އަބްރަހަމް އަދި އުދިތާ ގޯސްވާމީ ލީޑް ރޯލުން ފެނިގެންދިޔަ މި ރީތި ފިލްމަށް ބޮކްސް އޮފީހުގައި ކުރިމަތިލާންޖެހުނީ ނާކާމިޔާބީއާއެވެ. ނަމަވެސް ފިލްމުގެ މިއުޒިކުން ގެނެސްދިން “ލާގީ ތުމްސޭ މަންކީ ލަގަން” އަދި “ގަރަޖް ބަރަސް” އަކީ ބޮޑު ކާމިޔާބީއެއް ހޯދި ދެ ލަވައެވެ.

ރާވަން (2010)

އައިޝްވާރިޔާ ރާއީ ބައްޗަން އާއި އަބީޝެކް ބައްޗަން އެކުގައި ފެނިގެންދިޔަ ނަމަވެސް، ބޮކްސް އޮފީހުގެ ނާކާމިޔާބީން މި ފިލްމު ސަލާމަތެއް ނުކުރެވުނެވެ. އެހެންނަމަވެސް އޭ.އާރް. ރަހްމާންގެ މިއުޒިކަކީ ފާހަގަކޮށްލެވޭ މޮޅު މަސައްކަތެކެވެ. “ބެހެނޭ ދޭ” އަދި “ބީރާ” ފަދަ ލަވަތަކަކީ ފިލްމު ނުބެލި ކަމުގައިވިޔަސް އޭގެ އަސަރު ފޯރުވައިދިން ލަވަތަކެކެވެ.

ޔުވްރާޖް (2008)

ސަލްމާން ޚާން، އަނިލް ކަޕޫރު، ޒައިދު ޚާން އަދި ކެޓްރީނާ ކައިފް ފަދަ ބޮޑެތި ތަރިން ހިމެނުނު ނަމަވެސް، މި ފިލްމަށް ބެލުންތެރިންގެ ތަރުހީބެއް ނުލިބުނެވެ. ސުބާޝް ގާއީގެ މި ފިލްމު ވިޔަފާރީގެ ގޮތުން ނާކާމިޔާބުވިޔަސް، މީގެ ލަވަތަކަކީ ހަނދާނުން ފޮހެލަން ދަތި ލަވަތަކެކެވެ. “ތޫ މޭރީ ދޯސްތު ހޭ” އަދި “ތޫ މުސްކުރާ” ފަދަ ލަވަތަކަކީ އޭގެ ރީތި ރާގުތަކުގެ ސަބަބުން އަދިވެސް އަޑުއަހާލަން ރީތި ލަވަތަކެކެވެ.

މިވެސް ކިޔާލަން:  ޔަޝް ރާޖް ފިލްމްސްގެ ފުރަތަމަ ބިރުވެރި ފިލްމުގެ ލީޑް ރޯލުން ވަރުން ދަވަން

ބާރް ބާރް ދޭކޯ (2016)

މި ފިލްމު ސަލާމަތްކޮށްދިން ހަމައެކަނި އެއްޗަކީ އޭގެ ލަވަތައް ކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ. “ކާލާ ޗަޝްމާ”، “ސޯ އާސްމާން” އަދި “ދަރިޔާ” ފަދަ ލަވަތައް ނެތްނަމަ، މޮޅު ތަރިންތަކެއް ހިމެނުނު ކަމުގައިވިޔަސް މި ފިލްމަކީ ބެލުންތެރިންގެ ސަމާލުކަމަށް އައި ފިލްމަކަށް ނުވީހެވެ.

ފިތޫރު (2016)

މިއީ ކެޓްރީނާ ކައިފްގެ އިތުރު ފިލްމެކެވެ. މި ފިލްމުގެ މަންޒަރުތައް ރީތިވެފައި މިއުޒިކާއި ޅެންވެރިކަން ފުރިހަމަ ނަމަވެސް، ފިލްމުގެ ވާހަކަ ގެނެސްދީފައިވާ ގޮތުން ބެލުންތެރިންނަށް ފޫހިކަމެއް އިޙުސާސްކުރަން ޖެހުނެވެ.

ރޯއީ (2015)

ރަންބީރު ކަޕޫރު، އަރުޖުން ރާމްޕާލް އަދި ޖެކްލީން ފެނަންޑޭޒް ފެނިގެންދިޔަ މި ފިލްމަށް ބޮކްސް އޮފީހުގައި ލިބުނީ ފިނި ތަރުހީބެކެވެ. ނަމަވެސް “ސޫރަޖް ޑޫބާ ހޭ”، “ތޫ ހޭ ކީ ނެހީ” އަދި “ޗިޓިޔާން ކަލައިޔާން” ފަދަ ލަވަތައް ވެގެންދިޔައީ ވަރަށް ބޮޑު ހިޓްތަކަށެވެ. ފިލްމަށް ބެލުންތެރިންގެ ސަމާލުކަން ނުލިބުނު ނަމަވެސް، ޚާއްސަކޮށް “ޗިޓިޔާން ކަލައިޔާން” އަކީ ކައިވެނި ހަފުލާތަކުގައި މިހާރުވެސް އެންމެ ގިނައިން ޖަހާ އެއް ލަވައެވެ.

ސާވަރިޔާ (2007)

ސަންޖޭ ލީލާ ބަންސާލީގެ ފިލްމުތައް ކަމުދިޔަސް ނުދިޔަސް، އޭނާގެ ފިލްމުތަކުގެ މިއުޒިކަށް ފާޑުކިޔޭކަށް ނެތެވެ. ރަންބީރު ކަޕޫރު އަދި ސޯނަމް ކަޕޫރު ތައާރަފުވި މި ފިލްމު ބޮކްސް އޮފީހުގައި ފްލޮޕްވި ނަމަވެސް، “ސާވަރިޔާ”، “ޖަބް ސޭ ތޭރޭ ނައިނާ” އަދި “މާޝާﷲ” ފަދަ ލަވަތަކަކީ އަދިވެސް ގިނަ ބައެއްގެ ފޭވަރިޓް ލިސްޓުން ޖާގަ ހޯދާފައިވާ ލަވަތަކެކެވެ. މިއީ ފިލްމު ފްލޮޕްވިޔަސް ހަމައެކަނި ލަވަތަކުގެ ސަބަބުން ފިލްމު ހަނދާން ހުންނަކަމުގެ އަލިގަދަ ހެކިތަކެކެވެ.

މިވެސް ކިޔާލަން:  މޯނީ ރޯއީއާއެކު ސުރޭޝް ކްރިޝްނާގެ އާ ލޯބީގެ ފިލްމެއް އިއުލާންކޮށްފި
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ ޚަބަރު
Home
Menu
Search
Back to top