ޝާހް ރުކް ޚާނާއި ޖޯން އަބްރަހަމްއާއެކު ދީޕިކާ، ފިލްމު “ޕަތާން” ކުޅެނީ 15 ކްރޯޑް ރުޕީސްއަށް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އަދި ރަސްމީކޮށް އިއުލާނުކޮށްފައި ނުވާ މިފިލްމުން ދީޕިކާ ފެންނާނީ ކޮންކަހަލަ ރޯލަކުންކަން އަދި ހާމަކޮށްފައި ނުވިޔަސް، ޖޯން ފެންނާނީ ނެގެޓިވް ރޯލަކުން ކަމަށްވެއެވެ. މި ފިލްމު ކުޅުމަށް ޖޯންވެސް ވަނީ ބޮޑު އަގެއް ކިޔާފައިކަމަށް ރިޕޯޓުތައް ބުނެއެވެ. އެއީ 20 ކްރޯޑް ރުޕީސްއެވެ. ޖޯންގެ ތަފާތު ވަރުގަދަ ކެރެކްޓާއެއް މިފިލްމުން ފެންނާނެކަމަށް ރިޕޯޓުތައް ބުނާއިރު ދީޕިކާވެސް ފެންނާނީ ވަރުގަދަ ރޯލަކުން ކަމަށް ޤަބޫލުކުރެވެއެވެ.
ޔާޝް ރާޖް ފިލްމްސް އިން ވަރަށް ވަރުގަދަ އެކްޝަން ތްރިލާއެއްގެ ގެނެސްދޭން ނިންމާފައިވާ “ޕަތާން” ވެސް ޑައިރެކްޓްކުރާނީ މިދިޔަ އަހަރު ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި “ވޯ”ގެ ޑައިރެކްޓަރު ސިދާތު އާނަންދެވެ.
މި ހިނގާ ނޮވެމްބަރު މަހު ޝޫޓިންގ ފަށާގޮތަށް ނިންމާފައިވާ “ޕަތާން” ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ދިވާލީގައިކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެއެވެ.
