ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ރޫމީ އާ ޖަންނަތު” – މައިގަނޑު ތަރިން މިތިބީ!

މީޑިއާނެޓް އޮރިޖިނަލްސް އިން ގެނެސްދިނުމަށް ޑާކްރެއިން އެންޓަޓެއިންމެންޓުން ހަދާ ވެބް ސީރީޒް “ރޫމީ އާ ޖަންނަތު“ގެ މައިގަނޑު ތަރިން ހާމަކޮށްފިއެވެ.

ވަރުގަދަ ކާސްޓެއް ހިމެނޭ “ރޫމީ އާ ޖަންނަތު“ގައި ހަރަކާތްތެރިވަނީ މަޤުބޫލުކަން ހޯދާފައިވާ ތަރިންތަކެކެވެ. އެގޮތުން ޙަސަން މަނިކް (ރޯނު)، އަޙްމަދު ސަޢީދު، ޝީލާ ނަޖީބު، މުޙައްމަދު ފައިސަލް، އަބްދުﷲ ޝާފިއު (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)ގެ އިތުރުން އާދަމް ރިޒްވީ (ރެކްސް)، މާރިޔާ ތެރޭސާ ހިމެނެއެވެ.

ރޫމީ އާ ޖަންނަތު“ގެ އެއް ޕްރޮޑިއުސަރ އަދި ޑާކް ރެއިންގެ ވެރިޔާ މުޙައްމަދު ޢަލީ (މޮގާ) ބުނީ މި ސީރީޒްގެ މަސައްކަތްތަކުގައި އެމްއެންޑީއެފްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާ ކަމަށެވެ. އެކަމަށްޓަކައި އެމްއެންޑީއެފަށް ޝުކުުރުއަދާކުރަމުން މި ސީރީޒްގައި މަޖޫ ފެނިގެންދާނެ ތަފާތު އަދި މުހިންމު ކެރެކްޓަރގެ މަޢުލޫމާތުވެސް މުނިއަވަސްއާ ހިއްސާކުރިއެވެ. މަޖޫ ފެނިގެންދާނީ އެމްއެންޑީއެފްގެ އަސްލު ޔުނިފޯމުގައި ޖަންނަތުގެ ރޯލުން ކަމަށް މޮގާ ބުންޏެވެ.

ރޫމީ އާ ޖަންނަތު“ގެ ލީޑުން ފެނިގެންދާނީ ފުބޫ އާއި މަޖޫ އެވެ.

[responsive-slider id=33227]

ފިލްމު “މާމުއި”، “މީ ލޯތްބަކީ” އަދި “ވާށޭ މަށާ އެކީ”ގެ މަޖާ ރަހަތައް ގެނެސްދިން ޑާކް ރެއިންގެ “ރޫމީ އާ ޖަންނަތު” ސިޓްކޮމްގެ ސްކްރީންޕްލޭ ލިޔަނީ ޢާއިޝަތު ފުއާދު ތަޢުފީޤާއި އަޙްމަދު ޠަލާލެވެ. ޑައިރެކްޓްކުރަނީ ޢަލީ ޝިފާޢު (ޗިއްޕެ) އާއި މުޙައްމަދު ފައިސަލެވެ. ޕްރޮޑިއުސްކުރަނީ ޢާއިޝަތު ފުއާދު ތަޢުފީޤާއި މުޙައްމަދު ޢަލީ (މޮގާ) އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
މަޖޫ ފޭން5 އަހަރު ކުރިން

މަޖޫގެ ތަފާތު ރޯލެއްދޯ. ފައްކާ ވާނެ. މަޖޫތީ ފިސާރި މަންޖެއެއް

މޯޑް5 އަހަރު ކުރިން

ރަނގަޅު ހޮވުމެއް. ލުކިން ފޯވާޑް

Home
Menu
Search
Back to top