ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ނުއެއް ފެނޭ” – ސިންބޮލިކް ރެކޯޑްސްގެ މި ހިޕްހޮޕުން ސަޅި މެސެޖްތަކެއް!

ކޮންމެ ކޮންމެ ކަމެއްގައި ސަކަރާތްޖަހާ ބަސްނާހާ އުޅުމަކީ ރަނގަޅު އުޞޫލެއް ނޫން. މިއީކީ ޖޯކެއް ނޫން. މިކަމުން އަރައިގަތުން އޮތީ ޒުވާނުން އަތުގައި. އަހަރުމެން އަތުގައި. ހުއްޓާ! އަނެކާ އާއި މެދު ވިސްނާ!

މިއީ ރާއްޖޭގެ އެއްވަނަ ހިޕްހޮޕް ރެކޯޑް ލޭބަލް ސިންބޮލިކް ރެކޯޑްސްއިން ކޮވިޑް-19 އާމެދު ދިވެހިން ހޭލުންތެރިކުރުވުމަށް ނެރެފައިވާ ޚާއްޞަ ހިޕްހޮޕް ވީޑިއޯ ލަވަ ހިއްސާކުރަމުން ލިޔެފައިވާ ލިޔުންކޮޅެކެވެ. ވަރަށް ވެސް ރަނގަޅު ވާހަކަކޮޅެކެވެ. ކޮވިޑް-19 އިން އަރައިގަތުމަށް ސީރިއަސް ވާން އެބަހެޖެއެވެ. މިއީ ޖޯކެއްކަމަށް ހިތައިގެން ނުވާނެއެވެ. އާދައިގެ ކަމެއް ކަމަށް އަދި އަމުދުން ދެކެން ހެޔޮވެސް ނުވާނެއެވެ.

މިއަދުގެ ވަގުތެއްގައި ސިމްބޮލިކް ރެކޯޑްސް އިން ދޫކޮށްލާފައިވާ މި ލަވަ ކިޔާފައިވަނީ ޕެސްޓް، ރައިޑޭ އަދި ޓޯއީ އެވެ.

މި ލަވައަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނައިރު، މިނިސްޓްރީ އޮފް އާޓްސްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤް ޓްވިޓަރގައި ވިދާޅުވީ މިއީ ތަފާތު ގޮތަކަށް ބުނެދީފައިވާ ވަރަށް މުހިއްމު ވާހަކައެއް ކަމަށާއި ފަރުދީ ޒިންމާއަކީ މި ވަބާއަށް އޮތް އެންމެ ފުރަތަމަ ޙައްލު ކަމަށެވެ.

“ނުއެއް ފެނޭ” ލަވަ އެންޖޯއީކޮށްލަމުން ލަވައިގެ މެސެޖްތަކަށް އެންމެންވެސް އަމަލުކުރަމާ ހިނގާށެވެ. ލަވަ ހިއްސާކޮށްލާ ރައްޓެހިންނަަށް ވެސް މި މެސެޖްތައް ފޮރުކޮށްދިނުން ކިހިނެއްވާނެ ހެއްޔެވެ؟

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top