މިދިޔަ މަހު 30 ވަނަ ދުވަހު ކައިވެނިކުރި ބޮލީވުޑުގެ ތަރި ކާޖަލް އަގަރްވާލްއާއި އޭނާގެ ފިރިމީހާ ގޯތަމް ކިޗްލޫގެ ކައިވެނީގެ ކުޑަކުޑަ ހަފުލާ ނިމުމާއެކު އެމީހުން މިސްރާބުޖެހީ ދިވެހިރާއްޖޭގެ ހިތްގައިމު މާހައުލުގައި މާމުއިހަނދުގެ އުފާ ލިބިގަތުމަށެވެ. އެމީހުން ރާއްޖެ އައީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
ކާޖަލް އާއި ގޯތަމްގެ ހަނީމޫން ފޮޓޯތައް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ލަގޭޖާއެކު ނަގާފައިވާ ފޮޓޯތަކުން ފެށިގެން ޕޫލްގައި ނަގާފައިވާ ވަރަށް ލޯބިލޯބި މަންޒަރުތަކާއި ރާއްޖޭގެ ހިތްގައިމު ފަންނުތަކުގައި ނަގާފައިވާ ފޯޓޯތަކުން އިންސްޓަގްރާމް ވެސް ވަނީ ފުރިފައެވެ.
View this post on Instagram
ކޮންރެޑް މޯލްޑިވްސްގައި ޗުއްޓީހޭދަކުރަމުން އަންނަ ކާޖަލް އަކީ ތެލުގޫ، ހިންދީ އަދި ތަމަޅަ ފިލްމުތަކުން ފެނިގެން ގޮސްފައިވާ މަޝްހޫރު ތަރިއެކެވެ.
https://www.youtube.com/watch?v=reNlFY15tXI
ކިޔުންތެރިންގެ ޚިޔާލު
