ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އުނބު” މިއީ ހަމަ އެއްވަނައިގެ ސަޅި އަލްބަމެއް

ރާއްޖޭގެ ފުރަތަމަ ވީޑިއޯ/އޯޑިއޯ ސްޓްރީމިން އެޕް، ބައިސްކޯފުގެ ދެވަނަ އަހަރީ ދުވަސް ޚާއްޞަކޮށްލާފައި ވަނީ ބައިސްކޯފު ބޭނުންކުރާ ފަރާތްތަކަށޭވެސް ބުނެވިދާނެއެވެ. އަހަރީ ދުވަހަށް ޚާއްޞަކޮށްގެން ތަފާތު ކޮންޓެންޓްތަކެއް އިތުރުކުރަމުން އަންނާތީ މިހެން ނުބުނެ ވާކަށް ނެތެވެ.

ދިވެހިވަންތަ ލަވަތައް ގެނެސް ދޭން ވަރުގަދަ ފޯރިއެއް ހުންނަ ’ޑިމްބާ މިއުޒިކް’ގެ 17ވަނަ އަލްބަމް “އުނބު” އަލްބަމް މިހާރު ބައިސްކޯފުން އަޑުއަހައިލެވޭނެއެވެ.

ދިވެހިވަންތަ، ހިތްގައިމު 07 ދިވެހި ލަވައިގެ އިތުރުން، ދިވެހިންގެ އަމިއްލަވަންތަ އިނގިރޭސި ލަވައަކާއެކު ޖުމްލަ 08 ލަވަ މި އަލްބަމުގައި ހިމެނެއެވެ.

”އުނބު“ އަލްބަމްގެ ލަވަތައް ކިޔާފައިވަނީ މުއާދް، ޒާރާ، ހަައިޝަމް، ރިޒޫ، އަޒޫބެ، އާޝާ، ޔައީޝް އާއި ނިބް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top