އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ބްރެންޓްވުޑަށް ނިސްބަތްވާ މަޝްހޫރު އެފްއެމް ރޭޑިއޯ ‘ފީނިކްސް98 އެފްއެމް’ އިން ރާއްޖޭގެ މަޝްހޫރު ބޭންޑް ‘ސްކައިރޮކް’ގެ ލީޑަރު ފައިޒާން އާ ކޮށްފައިވާ ޚާއްޞަ އިންޓަވިއު އަޑުއަހައިލިން ހެއްޔެވެ؟
ޑްރަމަރ، މަލްޓިއިންސްޓްރޫމެންޓަލިސްޓް، ކޮމްޕޯސަރ، ލަވަ ލިޔުންތެރިޔާ އަދި ހޭންޑްޕޭން ޕާރފޯމަރ ފައިޒާން ލަވައެއް ކަމަށްވާ ‘އެއިތަރ’ ހިއްސާކުރަމުން ފީނިކްސް98 އެފްއެމުން ވަނީ ފައިޒާންގެ އިންޓަވިއު ހިމެނޭ ޚާޢްޞަ އާޓިކަލްއެއް ވެސް ގެނެސްދީފައިއެވެ.
ފައިޒާންގެ ‘އެއިތަރ’ އަކީ ރޫމޭނިއާގެ އެމެޑިއަސް އިލެކްޓްރިކް ކުއާރޓެޓްއާ އެކުގައި އުފައްދާފައިވާ ލަވައެކެވެ. ލަވައިގެ ވީޑިއޯ ނަގާފައިވަނީ ސައީ ލަގޫން ރިޒޯޓްގެ ހިތްގައިމު ގޮނޑުދޮށުގައެވެ.
ފީނިކްސް 98 އެފްއެމް އަށް ފައިޒާން ދިން އިންޓަވިއު:-
ކިޔުންތެރިންގެ ޚިޔާލު
