ޗައިނާގެ ގައުމީ ޓީވީ ޗެނަލް، ސީސީޓީވީގެ ބޮޑު ޕްރޮގްރާމެއް ކަމަށްވާ ”ދަ ބިއުޓީ އޮފް ޝެއާޑް އާޓްސް“ ގައި ދިވެހިރާއްޖޭގެ ލަވަކިޔުންތެރިޔާ ފާޠިމަތު އިންޝާ އަޙްމަދު ކިޔައިލި ޗައިނާ ލަވައިން ދިވެހި މިއުޒީޝަނުންގެ ހުނަރުވެރިކަން ދައްކުވައިދީފިއެވެ.
ޗައިނާ އާޓިސްޓަކާ ފައި ހަމަ ކޮށްލައި އިންޝާ ކިޔާފައިވަނީ މެންޑަރިން ބަހުގެ ލަވައެެކެވެ. ރޮމޭންޓިކް އައިލެންޑް ސްޓައިލްގައި ފީނައިގަތުމަށް ވަންގް ހައިޔީ އާއި ފާޠިމަތު އިންޝާ އަޙްމަދު ލަވަކިޔައިދިނީ ”އައި ވޯންޓް ޓު ގޯ ޓު ދަ ބީޗް“ މި ނަމުގައިވާ ލަވައެކެވެ.
”ސްކައިރޮކް“ ބޭންޑުގެ ލީޑު ވޯކަލިސްޓް އިންޝާއަށް މި ޝޯގައި ލަވަކިޔަން ފުރުސަތު ލިބުނުއިރު މި ދަތުރުގައި އެ ބޭންޑްގެ ލީޑް ގިޓަރިސްޓް ޒަޔާން ފައިސަލް ވެސް ވަނީ ބައިވެރި ވެފައެވެ. މި ވީޑިއޯއިން ޒަޔާންގެ ގިޓާކުޅުމުގެ ހުނަރުވެރިކަން ފެނިގެންދެއެވެ.
މިހައި ފެންވަަރު ރަނގަޅުކޮށް އިންޝާ މި ލަވައި ކިޔައިލި ނަމަވެސް އޭނާއަކީ މެންޑަރިން ބަހުން އެއްވެސް އިރެއްގައި ވާހަކަދައްކައި އުޅުނު ޒުވާނެއް ނޫނެވެ. އިންޝާއަށް އެ ބަސް ނުވެސް އެނގެއެވެ.
@muniavas ސްކައިރޮކްގެ ލީޑް ލަވަކިޔުންތެރިޔާ އިންޝާ އަދި ޗައިނީސް ލަވަކިޔުންތެރިޔާ ވަންގް ހައިޔީ ކިޔައިދިނީ ”އައި ވޯންޓް ޓު ގޯ ޓު ދަ ބީޗް“ Wang Heye and Fathmath Insha Ahmed sang ”I Want to Go to the Beach“ @skyrockband ޗައިނާގެ އެންމެ ބޮޑު އެއް ޕްލެޓްފޯމުގައި ޒުވާން ދިވެހި ލަވަކިޔުންތެރިޔެއް މެންޑަރިންއިން ލަވަ ކިޔައި ޗައިނާ އާޓިސްޓަކާ ފައި ހަމަ ކޮށްލައިފަ އިންޝާއަށް ޕަފޯމް ކުރަން ފުރުސަތު ލިބުނުއިރު މި ދަތުރުގައި އެ ބޭންޑްގެ ލީޑް ގިޓަރިސްޓް ޒަޔާން ފައިސަލް ވެސް ވަނީ ބައިވެރި ވެފަ #fvpシ💕foryou #muniavas #foryoupage #fyp #fvpviral #maldivestiktok🇲🇻 #maldives #contentcreators ♬ original sound – MUNIAVAS
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




