މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް)ގެ ފުރަތަމަ ދައުރުގެ ހިންގާ ކޮމެޓީގެ މަޤާމުތަކަށް ވާދަކުރުމަށް ކުރިމަތިލި މެންބަރުންގެ މަޢުލޫމާތު އެ ޔޫނިއަނުން ހާމަކޮށްފިއެވެ. ހިންގާ ކޮމެޓީއަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު އޮންނާނީ މި އަންނަ ހަފުތާގައި ކަމަށް މަޢުލޫމާތު ލިބެއެވެ.
މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް)ގެ ފުރަތަމަ ދައުރުގެ ހިންގާ ކޮމެޓީގެ މަޤާމުތަކަށް ވާދަކުރާ މިއުޒިކީ ފަންނާނުންގެ ނަންތައް ހާމަކޮށްފައިވަނީ އެ ފަރާތްތަކުގެ ޕްރޮފައިލް އަކާވެސް އެކުގައެވެ.
އެމް.ޔޫ.އެމްގެ ހިންގާ ކޮމެޓީއަށް ކުރިމަތިލާފައިވަނީ:-
1. ރައީސް – އިބްރާހީމް ވަހީދު (އޮގަރު)
2. ނައިބު ރައީސް – މަހްރާން މާޖިދު
3. ޚަޒާންދާރު – އައިމަން ލަތީފް
4. ޖެނެރަލް ސެކްރެޓަރީ – ހަމްޒާ ޚަލީލް
5. އިވެންޓް ކޯޑިނޭޓަރ – މިފްރާހް ޢަބްދުލް (މިފޫ)
އިވެންޓް ކޯޑިނޭޓަރ – ޙުސައިން އަހްސަމް (އާޗީ)
6. ސްޕޯކްސްޕާރސަން – އާމިނަތު ޝުއާ (އައިނާ)
7. އެސޯސިއޭޓް އޮފިސަރ – އަފާނީން ނާފިލް








މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް އިން ބުނީ ކޮވިޑް-19ގެ ހާލަތު މާލެއިން މުޅިން ފިލައިގެން ގޮސްފައި ނުވުމުގެ ސަބަބުން އަހަރީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށެވެ.
މި އަހަރު ޖުލައި މަހު 20 ވަނަ ދުވަހު ”މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް“ ރެޖިސްޓަރީކުރީ ރާއްޖޭގެ މިއުޒިކް ދާއިރާ ކުރިއެރުވުމަށްޓަކައި އެ ދާއިރާގެ ފަންނާނުންތަކެއް އިސްނަގައިގެންނެވެ. އެ ޔޫނިއަނުން މަސައްކަތްކުރާނީ ދިވެހި މިއުޒިކީ ފަންނާނުންގެ ހައްގުތައް ހޯދައިދީ ފުރުޞަތުތައް ފަހިކޮށްދިނުމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!