މޮޅު ފިލްމުތަކެއް އުފެއްދުމުގެ ހުންގާނުގައި ހުރި ޢަލީ ޝިފާޢު (ޗިއްޕެ) އާއި އޭނާގެ އަންހެނުން އަދި މިހާރު ކުރިއަރަމުން އަންނަ އެކްޓްރެސް ޢާއިޝަތު ޔާދާ އަކީ ‘ލޯބި ޖޯޑެއް’ކަން އެނގޭނީ އެމީހުންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލެވިއްޖެ ނަމަ އެވެ. މިއަދު ބައިސްކޯފުން މިއޮތީ އެ ފުރުޞަތު ފަހިކޮށްދީފައެވެ.
ތަރިންގެ ވާހަކަ، ތަރިންގެ ދުލުން، ތަފާތު ސްޓައިލެއްގައި ގެނެސްދޭ ބައިސްކޯފު އޮރިޖިނަލްސް “ޑްރާފްޓްސް”ގެ ހަތްވަނަ އެޕިސޯޑުން މިވަނީ ޗިއްޕެއާއި ޔާދާގެ ލޯބިލޯބި ވާހަކަތައް ގެނެސްދީފައެވެ.
ޔާދާ އާއި ޗިއްޕެއަށް ޚާއްޞަކޮށްފައިވާ މި އެޕިސޯޑްގައި ދެމީހުންގެ ހަޔާތާއި ގުޅުންހުރި މުހިންމު ވާހަކަތައް ދައްކާފައިވެއެވެ. ބައެއް ވާހަކަތަކަށް ޚުލާޞާކޮށް ޖެހިލާއިރު، ޔާދާގެ ފަރާތުން ކަމެއް ފެނުނަސް ‘ޑިރެކްޓްކޮށް’ ޗިއްޕެ ނުބުނާކަން ޔާދާ ފާހަގަކުރިއެވެ. މިސާލަކަށް ކައްކާފައި ހުންނަ އެއްޗެއް ނުބައިވިޔަސް އެކަންވެސް ޗިއްޕެ ސީދާ ޑިރެކްޓްކޮށް ނުބުނާތީ ޔާދާ ބުނީ އެހެން ނުހަދާ، ސީދާ ބުނުމަށް އެދޭ ކަމަށާއި މިހާރު އެކަން ޗިއްޕެ ރަނގަޅުކުރަން ފަށާފައިވާ ކަމަށެވެ. ފަހަރުގައި ފިލްމު އުފެއްދުމުގައި ޑިރެކްޓަރެއްގެ ގޮތުން އުޅުނަސް، އަސްލު ދިރިއުޅުމުގައި ޔާދާ ދެކެ ވާ ލޯބިން ޑިރެކްޓްކޮށް ވާހަކަތައް ބުނަން ޗިއްޕެ އަށް ނުކެރެނީ ކަމަށްވެސް ވެދާނެއެވެ.
DRAFTS 07: Chippe & Yaadha is available for streaming now on Baiskoafu.
Start the conversation. Say it out loud. Speak from the heart. pic.twitter.com/C7rQ2NEA74
— Baiskoafu (@baiskoafu) November 26, 2020
ޔާދާ ގެއްލިދާނެ ކަމަށް ހީވިހޭ ޔާދާ އެހުމުން ޗިއްޕެ ބުނީ އެމީހުންނާއެކު ކައިވެނިކުރި ގިނަ ބަޔަކު ދެވަނަ ކައިވެންޏަކާ ހަމައަށްއަށް ގޮސްފައިވާތީ ކޮންމެވެސް ވަރެއްފެ ބިރުވެރިކަމެއް ކުރީކޮޅުގައި ކުޑަކޮށް އޮތް ކަމަށެވެ.
ކޮންމެއަކަސް މިކަހަލަ ޝަޢުޤުވެރި ވާހަކަތަކެއް ޗިއްޕެ އާއި ޔާދާގެ ހަޔާތާ ބެހޭގޮތުން ބަލައިލަން ބޭނުންނަމަ، ބައިސްކޯފަށް ޒިޔާރާތްކޮށްލާށެވެ. ކޮންމެ ބައެއްގެ ހަޔާތުންވެސް އަހަރުމެންނަށް އިތުރު ފިލާވަޅުތަކެއް ލިބޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި