“ކާނާގެ ޔަޤީންކަން” ކަށަވަރު ކުރުމުގައި ދަނޑުވެރިކަން ޙިއްޞާކުރާ މިންވަރު އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން، މާލޭގައި “އާރބަން ގާރޑެނިން” މޮޑެލްއެއް ތަޢާރަފް ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި އައިލެންޑާރސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު އޮކްޓޯބަރ 27 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލުގައި މިނިސްޓްރީގެ ފަންނީ ލަފަޔާއި އިރުޝާދުގެ ދަށުން ތައްޔާރުކުރާ އާބަން ގާޑެނިންގ މޮޑެލްގެ އަމަލީ މަސައްކަތްތައް އިފްތިތާޙް ކޮށްފިއެވެ.
ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ފިޝަރީޒް، މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ އަލްފާޟިލާ ޒަހާ ވަހީދުއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ސްކޫލްގެ ދަރިވަރުން އަހުލުވެރިވުމުގެ މުހިންމުކަމާއި ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށް ފަރުދީ ފެންވަރުގައި ކުރާ ދަނޑުވެރިކަމަށް ފަހި މާޙައުލެއް ކަށަވަރުކޮށްދިނުމުގައި އާރބަން ގާޑެނިން ހިއްޞާކުރާ ދައުރުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

އާރބަން ގާޑެނިންގ ޕްރޮގްރާމް
އިފްތިތާޙްކުރުމުގެ ތެރެއިން
މިނިސްޓަރ ޒަހާ – ފޮޓޯ: މިނިސްޓްރީ އޮފް އެގްރިކަލްޗަރ
ކުދި ޖާގަތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތަށް ހިފޭނެހެން ބައްޓަން ކުރެވޭ މިމޮޑެލްގައި ގަސްހެއްދުމަށް ވިހަ ކެމިކަލް އެކުލެވޭ ބާރުގަދަ ބޭސްތައް ބޭނުމެއް ނުކުރާނެއެވެ. ގަސްކާނާގެ ގޮތުގައި މައިގަނޑު ގޮތަކަށް ބޭނުންކުރާނީ އޯގަނިކް ކޮމްޕޯސްޓްގެ ބާވަތްތަކެވެ. މީގެ އިތުރުން ގޭބިސީތަކުން އުކާލާ ތަކެތި ބޭނުންކޮށްގެން ގަސްކާނާ އުފައްދައި، އެތަކެތި ބޭނުންކުރުންވެސް މިޕްރޮގްރާމްގައި ހިމެނިފައިވެއެވެ.
މިނިސްޓްރީގެ އިސްނެގުމާއެކު ފެށި މި ޕްރޮގްރާމް ކުރިއަށްދާނީ އައިލެންޑާރސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފަށާފައިވާ “ވަން އާރތު އެކަޑަމީ” ޕްރޮގްރާމްއާއި ގުޅުވާލައިގެންނެވެ. ވަން އާރތު އެކަޑަމީ ޕޮރޮގްރާމަކީ ދަރިވަރުންނަށް ނަފްސުގެ ފުދުންތެރިކަމާއި (“Self-Sufficient”)އެކު ތިމާވެއްޓާއި ރައްޓެހި ދިރިއުޅުމެއް ދަސްކޮށްދިނުމުގެ މަޤްޞަދުގައި އެކުންފުންނިން ފަށާފައިވާ ޕްރޮގްރާމެކެވެ.

އާރބަން ގާޑެނިންގ ޕްރޮގްރާމް
އިފްތިތާޙްކުރުމުގެ ތެރެއިން
މިނިސްޓަރ ޒަހާ – ފޮޓޯ: މިނިސްޓްރީ އޮފް އެގްރިކަލްޗަރ
މިޕްރޮގްރާމްގައި ބޭނުންކުރުމަށް ސްކޫލުން ތައްޔާރުކޮށްފައިވާ ލޯގޯވެސް ވަނީ މިރަސްމިއްޔާތުގައި ނެރެދެއްވާފައެވެ. އާބަންގާޑެނިންގ ޕްރޮގްރާމްގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް ޕްރޮމޯޓްކުރުމަށް ސްކޫލުން ގެންގުޅުއްވާނެ ޝިޢާރަކީ “ގްރޯ ފްރޮމް ހޯމް” މި ޝިޢާރެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!