ފިލްމު “އާޝިޤީ” އަދި “ޖުނޫން”ގައި ހަރަކާތްތެރިވި އެކްޓަރު ރާހުލް ރޯއީ އަށް ސިކުނޑީގެ ސްޓްރޯކެއް ޖެހިގެން މުންބާއީގެ ނާނަވަތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ. ރާހުލް އަށް ސްޓްރޯކް ޖެހުނީ “ކާރްގިލް”ގެ ޝޫޓިންގައި އުޅެނިކޮށް ކަމަށް ޕްރެސް ޓްރަސްޓް އޮފް އިންޑިއާއިން ރިޕޯޓްކުރެއެވެ.
އުމުރުން 52 އަހަރުގެ ރާހުލް ރޯއީ އަށް ނާނަވަތީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފެށީ މީގެ ދެ ދުވަސް ކުރިންނެވެ.
ރާހުލްގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާ އެއްކޮށް ރަނގަޅުވުމަށް ވަގުތުކޮޅެއް ނަގާނެކަމަށް މީޑިއާއަށް މަޢުލޫމާތު ދިން އާއިލާ މެންބަރު ބުންޏެވެ.
ބޮލީވުޑަށް ރާހުލް ތަޢާރަފުވީ 1990 ވަނަ އަހަރު މަހޭޝް ބަޓް އުފެއްދި “އާޝިޤީ” އިންނެވެ. އެއަށްފަހު ފިލްމު “ގަޒަބް ތަމާޝާ”، “ގުމްރާހް”، “ޖުނޫން”، “ނަސީބް” އަދި “އަޗާނަކް”ގައި އޭނާ ފެނިފައިވެއެވެ.
މަޝްހޫރު ރިއަލިޓީ ޝޯވ “ބިގް ބޮސް”ގެ ފުރަތަމަ ސީޒަން ކާމިޔާބުކުރީ ވެސް ރާހުލް ރޯއީއެވެ.
ކާމިޔާބު ފިލްމުތަކަކުން ފެނުމަށް ފަހު ރާހުލް ސިނަމާއިން ދުރަށް ދިޔައެވެ. އެކަމާމެދު ވާހަކަދައްކަމުން ދާދިފަހުން ރާހުލް ބުނީ ދާއިރާއިން ދުރަށް ދިއުން އެއީ އޭނާ އަމިއްލައަށް އިޚްތިޔާރުކުރި ކަމެއް ކަމަށާއި ފިލްމީ ދާއިރާގެ އެއްވެސް ފަރާތެއްގެ ސަބަބުން ކުރި ކަމެއް ނޫންކަމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި