ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަކްޝޭ ކުމާރާއި ސާރާ ޢަލީ ޚާން ލީޑުކުޅޭ “އަތުރަންގީ ރޭ” ޝޫޓިން ފަށައިފި

ޑައިރެކްޓަރ އާނަންދު އެލް ރާއީގެ މުޅިން އައު ފިލްމެއްގެ ޝޫޓިން ފަށަައިފިއެވެ. “އަތުރަންގީ ރޭ”ގެ ނަމުގައި ޝޫޓިން ފެށި މި ފިލްމުގެ ލީޑްގައި ހަރަކާތްތެރިވަނީ އަކްޝޭ ކުމާރާއި ސާރާ ޢަލީ ޚާން އެވެ.

ފިލްމުގެ ޝޫޓިން ފެށިކަން އިއުލާނުކުރަމުން ފިލްމުގެ މަންޒަރެއް އަކްޝޭ ކުމާރު ވަނީ މީސް މީޑިއާގައި ހިއްސާކޮށްފައެވެ.

ސާރާ ޢަލީ ޚާންގެ އިންސްޓަގްރާމުގައި މި ފޮޓޯ ހިއްސާކުރަމުން ސާރާ ބުނީ “އަތުރަންގީ ރޭ”ގެ ކުލަ އިތުރަށް ގަދަވެއްޖެ ކަމަށާ އަކްޝޭ އާއެކު މަސައްކަތްކޮށްލަން ފުރުޞަތު ލިބުމީ ލިބުނު ޝަރަފަކާ އުފާވެރިކަމެއް ކަމަށާ އެކަމަށްޓަކައި ޝުކުރުވެރިވާ ކަމަށެވެ.

“އަތުރަންގީ ރޭ” އަކީ އޭއާރް ރަހްމާންގެ މިއުޒިކަލް އެކެވެ. ‘ކަލަރ ޔެލޯ ޕްރޮޑަކްޝަން’ އިން އުފައްދާ މި ފިލްމުގެ ލަވަތަކުގެ ޅެންވެރިއަކީ އިރުޝާދު ކާމިލް އެވެ.

މި ފިލްމުގައި ދަނޫޝް ވެސް ހަރަކާތްތެރިވެއެވެ. މިއީ އަކްޝޭ، ސާރާ އަދި ދަނޫޝް އެކުގައި ކުޅޭ އަލަތު ފިލްމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top