ދެކުނު އިންޑިޔާ (ސައުތު އިންޑިއަން) ސިނަމާއަކީވެސް ދިވެހިންގެ މެދުގައި، ޙާއްސަކޮށް ދިވެހި ފިރިހެނުންގެ މެދުގައި މަގްބޫލު ސިނަމާއެކެވެ. ޓޮލީވުޑްގެ ނަމުން މަޝްހޫރު މި ސިނަމާގެ އެކްޝަން ފިލްމްތަކަކީ ހަރުފުރައިގެ ދިވެހި ފިރިހެނުންގެ މެދުގައި ހަމަ ހިޓެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މިފަހަރު މި ބަލާލަނީ ސައުތު އިންޑިއަން ސިނަމާގެ އެންމެ ރީތީކަމަށް ބުނާ 5 އެކްޓަރުންނަށެވެ.

5. އާކިލް

އާކިލް

ޓެގުލޫ ފިލްމްތަކުގެ “ޗޮކްލެޓްބޯއި” ގެ ނަމުން މަޝްހޫރު އާކިލްގެ އުމުރަކީ 23 އަހަރެވެ. ފިލްމް “ސިންސިދްރީ”ގައި ކުޑަކުއްޖެގެ ރޯލުން ދާއިރާއަށް ފިޔަވަޅުއެޅި އާކިލްގެ ބައްޕައަކީވެސް މަޝްހޫރު އެކްޓަރެކެވެ. އާކިލްގެ ފާހަގަކޮށްލެވޭ ފިލްމްތަކަށް ބަލާލާއިރު، “މަނާމް” އަދި “އާކިލް ދަ ޕަވަރ އޮފް ޖުއާ” ހިމެނެއެވެ.

4. އައްލޫ އަރްޖުން

އައްލޫ އަރްޖުން

ސައުތު އިންޑިއަން ސިނަމާގެ ސްޓައިލް އައިކަންގެ ގޮތުގައި މަޝްހޫރުވެފައިވާ އައްލޫ އަރްޖުން އަކީ އެސިނަމާގެ ލީޑިން އެކްޓަރ އެކެވެ. ފިލްމް “ވިޖެތާ” އިން 1995 ވަނައަހަރު ކުޑަކުއްޖެއްގެ ރޯލުން ފެނުނު އައްލޫއަށް ވަނީ ޕްރެސްޓިޖިއަސް ފިލްމް ފެއާ އެވޯޑްގެ ބެސްޓް އެކްޓަރުކަންވެސް ލިބިފައެވެ. އިންސާނިއްޔަތަށް ހިދުމަތްކުރުމުގައި ލާމަސީލު މީސާލެއް ކަމުގައިވާ އައްލޫއަކީ ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ އެކްޓަރެކެވެ.

3. ސިދާރތު

ސިދާރތު

ރީތި ހިނިތުންވުމެއްގެ ވެރި ސިދާރތުއަކީ ސައުތު އިންޑިއަން ސިނަމާގެ އެންމެ ރީތި ހިނިތުންވުން ލިބިފައިވާ އެކްޓަރުކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއވެ. 2003 ވަނަ އަހަރު ފިލްމް “ބޯއީ” އިން ދާއިރާއަށް ނުކުތް ސިދާރތު ވަނީ ބޮލީވުޑްގެ ކާމިޔާބު ފިލްމް “ރަންގދޭ ބަސަންތީ”ގައިވެސް މަސައްކަތްކޮށްފައެވެ. އެކްޓަރެއްގެ އިތުރުން ސިދާރްތުއަކީ ޕްރޮޑިސަރެއް އަދި ސްކްރިޕްޓް ރައިޓަރެއްވެސްމެއެވެ.

2. ޕްރަބާސް

ޕްރަބާސް

ފިލްމް “ބާހުބަލީ”ގައި ދައްކައިދިން ކުޅަދާނަ އެކްޓަށްފަހު ޕްރަބާސް އަކީ އެންމެން ދަންނަ އެންމެން ގަޔާވާ އެކްޓަރަކަށް ވަނީ ވެފައެވެ. މި ފިލްމްގެ ސަބަބުން ސައުތު އިންޑިއަން ސިނަމާގެ މި އެކްޓަރު ވަނީ މުޅި ދުނިޔޭގައި މަޝްހޫރުވެފައެވެ. ގިނަ އަންހެން ކުދިންގެ ހިތްތަކުގައި ރަސްކަން ކުރަމުން އަންނަ ޕްރަބާސް ވަނީ ކާމިޔާބު ފިލްމްތަކެއް އޯޑިއެންސްއަށް ދޫކޮށްލާފައެވެ.

1. މަހޭޝް ބާބޫ

މަހޭޝް ބާބޫ

ލިސްޓްގެ ފަޚުރުވެރި 1ވަނައިގައި މިއޮތީ ރީތިކަމާ ޒުވާން ކަމަށް ބަދަލެއް ނާންނަ ތަރި މަހޭޝް ބާބޫއެވެ. އުމުރުން 41 އަހަރުގެ މަހޭޝް އަކީ ސައުތު އިންޑިއަން ސިނަމާގެ “ހޭންޑްސަމް ކިންގް” އެވެ. ބޮލީވުޑްގެ ކުރީގެ ބަތަލާ ނަމްރަތާ އާއި ކައިވެނިކޮށް ދެދަރިންވެސް ލިބިފައިވާ މަހޭޝް އަކީ ސައުތު އިންޑިއަން ސިނަމާގެ އެންމެ ރީތި އެކްޓަރު ކަމަށް ގިނަބަޔަކު އެއްބަސްވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ސަޒްރާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.