މަޝްހޫރު ޓީވީ އެކްޓްރެސް ހީނާ ޚާން އަނެއްކާވެސް ‘ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ’ގައި އަކްޝަރާގެ ރޯލަށް އަންނަަން އުޅޭކަމަށް އޭނާ އިއުލާނުކޮށްފިއެވެ. މީގެ 08 އަހަރު ކުރިން ހީނާ ޚާންގެ ކެރިއަރު ފެށީވެސް މި ސީރީޒުން އަކްޝަރާގެ ރޯލުންނެވެ.
“އޭނާ އެނބުރި އަންނަނީ ތިޔަ އެންްމެންގެ ހިތްތައް އަތުލުމަށް. މިއީ އަކްޝަރާ ދެކެ ލޯބިވާ ފަރާތްތަކަށް.” ޝޫޓިންއަށް ތައްޔާރުވެ ހުރި ފޮޓޯއެއް އިންސްޓަގްރާމުގައި ހިއްސާކުރަމުން ހީނާ ލިޔެލާފައި ވއެވެ.
ސްޓާ ޕްލަސް، އަނިލްް ޖާ އަށް ޓެގްކޮށް ޝުކުރުއަދާކުރަމުން ހީނާ ބުނީ އެ ކެރެކްޓަރ އަށް އޭނާގެ ހިިތާއި ފުރާނަ ދެވިފައިވާކަމަށާއި އެ ރޯލަށް އެނބުރި އަންނަން ފުރުޞަތު ލިބުމަކީ ވަރަށް ހިތްހަމަޖެހުނު ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ. އަދިވެސް ނަންބަރ1 ޝޯވްގެ ގޮތުގައި ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ ކުރިއަށް ގެންދާ ކަމަށްޓަކައިވެސް އޭނާ ޝުކުރުއަދާކޮށްފައި ވެއެވެ.
“ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ” ދައްކަން ފެށީ 2009 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. މިއީ ސްޓާ ޕްލަސް އިން ދައްކާ ޝޯތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަދުވަސް ވަންދެން ކުރިއަށްދާ ޝޯ އޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މިހާތަނަށް މިޑްރާމާގެ 3155 އަށް ވުރެ ގިނަ އެޕިސޯޑް ވަނީ ދައްކާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި