ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ރޭޝަމް” ބައިސްކޯފަށް!

ޓެލެވިޛަން މޯލްޑިވްސް އިން މީގެ އަހަރުތަކެއް ކުރިން ދެއްކި އެއްމެ މަޤްބޫލު އެއް ޑްރާމާ ސީރީޒް “ރޭޝަމް” ބައިސްކޯފަށް ގެންނަން ތައްޔާރުވެއްޖެއެވެ. ބައިސްކޯފުން ކުރި ޓްވީޓެއްގައި ބުނީ އަބަދުވެސް ގިނަބައެއްގެ މަޤްބޫލުކަން އެންމެ ބޮޑަށް ލިބިފައިވާ ކްލެސިކް ހިޓް “ރޭޝަމް” ބައިސްކޯފަށް ވަރަށް އަވަހަށް އަންނާނެ ކަމަށެވެ.

2000ވަނަ އަހަރު ޢަބްދުލް ފައްތާޙް (އާފް) ޑައިރެކްޓްކޮށް ގެނެސްދިން 22 އެޕިސޯޑްގެ “ރޭޝަމް” އަކީ ހަމަ ގައިމުވެސް އޭނާގެ އެންމެ ކާމިޔާބު ޑްރާމާ ސިލްސިލާއޭ ބުނުން ގޯހަކަށް ނުވާނެއެވެ.

މަރިޔަމް ނިޝާއާއި އަޙްމަދު މައިގަނޑު ރޯލުތަކުން ފެނިގެންދިޔަ މި ސިލްސިލާގައި މަރިޔަމް ނާޒިމާ، ފައިސަލް، އައްސަދު ޝަރީފް، ފައުޒިއްޔާ ޙަސަން، އާމިނަތު ރަޝީދާ މުހިންމު ރޯލުތަކެއް ކުޅެފައިވެއެވެ.

އަސަރުގަދަ، ރީތި ވާހަކައާއި މަރިޔަމް ނިޝާގެ މޮޅު އެކްޓިންގެ ސަބަބުން ޑްރާމާ އެހާ މަޤުބޫލުވީއިރު މި ޑްރާމާއަކީ މަރިޔަމް ނިޝާގެ ފިލްމީ ޙަޔާތުގައި އޭނާގެ ފަރާތުން ފެނުނު އެންމެ މޮޅު އެކްޓިންގ ކަމަށް ގިނަ ބަޔަކު އިއްތިފާޤުވެއެވެ.

އަމިއްލަ ރާގަކަށް އަޙްމަދު އާމިރުގެ އަޑުން ކިޔާފައިވާ ޑްރާމާގެ ތީމް ލަވަ ”ރޭޝަމް“ އަކީ އަދިވެސް ވަރަށް މަޤުބޫލު ލަވައެކެވެ. މި ލަވައިގެ ކަވަރ ލަވަތަކެއް އިވިގެން ދިޔަނަމަވެސް އަސްލު ލަވައާއި އެއްވަރަކަށް މަޤުބޫލެއް ނުވިއެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top