އެކްޓަރ/އެޑިޓަރ އަދިި ފިލްމު އުފެއްދުމުގެ ޓެކްނިކަލް މަސައްކަތްތަކުގައިވެސް ހަރަކާތްތެރިވާ އަޙްމަދު ޒިޔާގެ އަމިއްލަ ސްޓޫޑިއޯ ‘ސިޒަރސް ޕްރޮޑަކްޝަން’ އިން ޕްރޮޑިއުސްކުރި ހިތްގައިމު ލޯބީގެ ވީޑިއޯ ލަވަ “ޔާރު ތިއޭ މިހިތުގެ ޝިފާ” އިން ޢާމިރާ އިސްމާޢީލް އަނެއްކާވެސް އެކްޓިންއަށް ނުކުމެއްޖެއެވެ. ޢާމިރާގެ ފޭނުންގެ ހިތްތަކަށް ޝިފާ ގެނެސްދެމުން އޭނާގެ ފަރި ހަރަކާތްތައް ފެނިގެންދާ ވީޑިއޯ ލަވަ މިއަދު ޔޫޓިއުބްގައި ވަނީ ރިލީޒްކޮށްފައެވެ.

ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި ލަވަކިޔުންތެރިޔާ ޢަލީ ރަމީޒް އަދި ޝިފާ ތަޢުފީޤް ކިޔާފައިވާ މި ހިތްގައިމު ލަވައިން ޒިޔާ އާއި އާމިރާގެ ވަރަށް ފުރިހަމަ އެކްޓިންއެއް ފެނިގެންދެއެވެ. ލަވައިގެ ވީޑިއޯ މިހާ ފުރިހަމަ ވެފައިވަނީ މި ސްޓައިލަށް ދިވެހި ވީޑިއޯލަވަ އުފެއްދުމުގައި މަޝްހޫރުކަން ހޯދާފައިވާ ޢަލީ ރަޝީދު (ގޮޅާ އައްޔަ)ގެ ޑައިރެކްޝަން، ކެމެރާކުރުން އަދި އެޑިޓިން ހިމެނިގެންނެވެ.

ޢާމިރާ އިސްމާޢީލްގެ މި ފެނިލުމަކީ ފިލްމީ ދާއިރާއާއި 10 ވަރަކަށް އަހަރު ދުވަހު ދުރުގައި ހުރުމަށްފަހު ކޮށްފައިވާ މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.

‘ސިޒަރސް ޕްރޮޑަކްޝަން’ އިން ޕްރޮޑިއުސްކުރި މި ލަވައަކީ ގޮޅާ އައްޔަގެ އަމިއްލަ ސްޓޫޑިއޯ ’ބްލޫ ވޭވް އެންޓަޓެއިންމެންޓް‘ ގެ އަލަތު އުފެއްދުންކަން ފާހަގަކޮށްލެވެއެވެ.

https://www.youtube.com/watch?v=c_jSJVXtsRA

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.