ބޮލީވުޑްގެ މަޝްހޫރު ދެ ފަންނާނުން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ލޯބީގެ ގުޅުމުގެ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެއްޖެއެވެ. އެ ދެމީހުން ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭ ވާހަކަވެސް އެތައް ފަހަރެއްގެ މަތިން އަޑު އިވިއްޖެއެވެ. މިހާރު މިއޮތީ އެކަމަށް ސާފު ޖަވާބެއް ލިބިފައެވެ.
”ކޮވިޑްގެ މި ބަލިމަޑުކަން ދިމާނުވިނަމަ މިއަހަރު އަހަރެން އާލިއާ ބަޓްއާ ކައިވެނި ކުރީމުސް. އެއްވެސް އެއްޗެއް ބުނެގެން ބަދުނަސީބަކަށް ވާކަށް ބޭނުމެއް ނޫން. ވަރަށް އަވަހަށް އަހަރެންގެ ދިރިއުޅުމުގައި ކައިވެނި ކުރެވޭނެކަމަށް ޤަބޫލުކުރަން ބޭނުންވަނީ.“
އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްވެރިއަކަށް ދިން އިންޓަވިއުއެއްގައި ރަންބީރު ބުނެފައިވެއެވެ.
ލޮކްޑައުންގެ ދުވަސްވަރު ރަންބީރާއި އާލިއާ ދިރިއުޅެމުން ދިޔައީ އެއް ގެއެއްގައެވެ. ލޮކްޑައުންގެ ދުވަސްވަރު އެއްވެސް އޮންލައިން ކުލާހެއް ނެގިންތޯ ސުވާލުކުރުމުން ރަންބީރު ބުނެފައިވެއެވެ.
”ނޫން. އަހަރެން އެއްވެސް އޮންލައިން ކުލާހެއް ނުނަގަން. އެންމެ ފުރަތަމަ އާއިލީ ކަންކަމަށް އަހަރެމެން ވަގުތު ދިނީ. އޭގެ ފަހުން އަހަރެން ފޮތް ކިޔައި އާއިލާއާއެކު ވަގުތު ހޭދަކުރަނީ. އަދި ކޮންމެ ދުވަހަކު ދެތިން ފިލްމު ބަލަން. ދެން އަހަރެންގެ ލޯބިވެރިޔާ، އާލިއާ ވަރަށް ގިނަ ކަންކަން ހާސިލުކުރި. ގާތްގަނޑަކަށް އޭނާ ހުރިހާ ކުލާހެއް ނެގި. ގިޓައިން ފެށިގެން ސްކްރީން ރައިޓިންގއަށް ދަންދެން. އޭނައާ ޖެހިފައި އަބަދުވެސް އަހަރެންނަށް ހާސިލުކުރެވެނީ ވަރަށް މަދު ކަމެއް.“
ރަންބީރު ހުރީ މި ފެށޭ 2021 ވަނަ އަހަރު އޭނައާ އާލިއާގެ ކައިވެނި ކުރެވޭނެކަމުގެ ފޮނި އުންމީދުގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




