ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް ޓްރެއިލާ މިއޮތީ!

މަޝްހޫރު އެކްޓަރ/ޑައިރެކްޓަރ ޢަލީ ސީޒަންގެ ޕްރޮޑަކްޝަން ހައުސް ‘އެސް ޕްރޮޑަކްޝަން’ އާއި ރާއްޖެ ޓީވީ ގުޅިގެން އުފައްދާ މި އަންނަ ރަމަޟާން މަހު ގެނެސްދޭން ނިންމާފައިވާ ވަރުގަދަ ޝޯ “ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް”ގެ ޓްރެއިލާ ދައްކާލައިފިއެވެ.

“ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް”ގެ ޓްރެއިލާ ޕޯސްޓަރާއި ވީޑިއޯ އާއްމުކޮށްފައިވަނީ އެސް ޕްރޮޑަކްޝަންގެ މީޑިއާ ވައިބަރ ގްރޫޕް މެދުވެރިކޮށެއެވެ.

ސީޒަން ހުށައަޅައިދޭ ރިއަލެޓީ ޝޯވގައި ރާއްޖޭގެ މަޝްހޫރު 8 ފިލްމީ ތަރިން ފެނިގެންދާނެއެވެ. އެގޮތުން މުހައްމަދު މަނިކު، އިސްމާއީލް ޖުމައިހް (ޖުމާ)، ސަރާ، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އީސާ (އާނަންދު)، ޖާދުﷲ އިސްމާޢީލް (ޖާދު)، މަރްޔަމް ޝިފާ އަދި އައިމިނަތު ރަޝްފާ (އާޝާ) މި ޝޯގައި ބައިވެރިވެއެވެ.

މި ޝޯވއާމެދު ސީޒަން ބުނީ މިއީ ޗެލެންޖިންގ ޝޯވ އެއް ކަމަށާއި، މިއީ ރާއްޖޭގެ ޓީވީ ޗެނަލަކުން އުފައްދާ އެންމެ މަސައްކަތް ބުރަ ޝޯވއަށް ވެގެންދާނެ ކަމަށާއި، މި ޝޯވ އާއި މެދު ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ. އަދި މި ޝޯވ އަކީ މި ރޯދަމަހު ރާއްޖޭގެ ޗެނަލަކުން ދައްކާނެ އެންމެ ވަރުގަދަ ޝޯވ އަށް ވެގެންދާނެ ކަމަށް ޝީޒަން ބުންޏެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/MuniAvas/videos/692672258098574″ poster=”http://www.muniavas.com/wp-content/uploads/2021/01/Celebrity-Race-Trailer-Poster-4.png”]

ޢަލީ ސީޒަން އަކީ އެކްޓިން އާއި ފިލްމީ މަސައްކަތުގެ އިތުރުން ޝޯ ހުށައަޅައިދިނުމުގައި ބެލުންތެރިން ބަލައިގެންފައިވާ ހުނަރުވެރި ހުށައެޅުންތެރިއެއްކަން ފާހަގަކޮށްލެވޭ ފަންނާނެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top