ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ބޮސް” ގެ ޝޫޓިން މި މަހުގެ 15 އަށް ނިންމަނީ

އަންނަ އޮކްޓޯބަރު މަހުގެ 24 ގައި ރިލީޒް ކުރާ ފިލްމް “ބޮސް” ގެ ޝޫޓިންގެ 75 ޕަސެންޓް ނިންމާލައިފައިވާއިރު ޓާގެޓަކީ މިމަހު 15 އަށް ޝޫޓިން ނިންމައިލުން ކަމަށް ‘ބޮސް’ ގެ ޓީމުން ބުނެފި އެވެ.

މިއީ ފާތުމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ އަލަށް ތައާރަފުވާ މުހައްމަދު ޔުނާން އާ އެކު، ރިޝްމީގެ ކޮއްކޮ އަދި މިހާރު އެންމެ ވިދާ ބަތަލާ މަރިޔަމް އައްޒަ އެވެ. ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި އިބްރާހީމް ޖިހާދު (ޖިމީ)، ފާތުމަތު އާޒިފާ (އަޒޫ)، އަލީ އާޒިމް (ދޮންއައްޔަ) އަދި އަލީ ޝަމީލް ހިމެނެ އެވެ.

ފިލްމުގެ ލީޑްރޯލުގައި ހަރަކާތްތެރިވާ ޔުނާން ގެ މަސައްކަތާއި މެދު ހިތްހަމަޖެހިފައި ހުރި ރިޝްމީ ބުނީ ޔުނާންގެ މަސައްކަތް ވެސް ވަރަށް ފުރިހަމަ ކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top