ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މިނިސްޓަރ ޔުމްނާ، ޕްރޮފެސަރ މައިކަލް ފީނަރ އާއި ބައްދަލުކުރައްވައިފި

ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން، ޕްރޮފެސަރ މައިކަލް ފީނަރ އާއި ބައްދަލުކުރައްވައި މޯލްޑިވްސް ހެރިޓޭޖް ސަރވޭގެ 2ވަނަ ފިޔަވައްސާއި ގުޅިގެން ވެވިފައިވާ ފަހުމުނާމާއާއި އެއްގޮތަށް ސަރވޭގެ އަމަލީ މަސައްކަތް ފެބްރުއަރީ މަހު ފެށުމަށް ވަމުންްދާ ތައްޔާރީތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

‏މި ސަރވޭގެ ދެވަނަ ފިޔަވަހި ޖަޕާނުގެ ކިޔޯޓޯ ޔުނިވަރސިޓީއާއި ގުޅިގެން މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭގެ ނަމުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ސަރވޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހުރި ސަގާފީ މާއްދީ ތަރިކަ ދަފުތަރުކުރެވިގެންދާނެ ކަމަށް މިނިސްޓްރީ އޮފް ކަލްޗާ އެންޑް ހެރިޓޭޖުން މަޢުލޫމާތު ދެއްވައެވެ.

މޯލްޑިވްސް ހެރިޓޭޖް ސަރވޭ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހދ، ކ، ލ، ސ އަދި ޏ އަތޮޅުގައި ހުރި ސަގާފީ މާއްދީ ތަރިކަ ވަނީ ޒަމާނާއި އެއްގޮތަށް ދަފުތަރުކޮށްފައެވެ.

މޯލްޑިވްސް ހެރިޓޭޖް ސަރވޭ، ނުވަތަ ދިވެހިރާއްޖޭގެ ތަރިކައިގެ ސާވޭއަކީ ރާއްޖޭގައި ހުރި މާއްދީ އާސާރީ ތަރިކައާއި ގުޅޭ މަޢުލޫމާތު އެއްކޮށް، ކިތާބުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި ސާވޭގެ ތެރެއިން އާސާރީ މިސްކިތްތަކާއި މަހާނަގާތަކާއި ހަވިއްތަ ފަދަ ތަންތަނާއި އަދި އެހެނިހެން ތާރީޚީ ބިނާތަކާއި ތަކެއްޗާއި ބެހޭ މަޢުލޫމާތު ކިތާބުކުރެވޭނެއެވެ.

މި ސާވޭގައި ހޯދާ މަޢުލޫމާތު ރައްކާކުރުމަށް ހަމަޖެހިފައިވަނީ ފޮޓޯ އާއި ވީޑީއޯގެ އިތުރުން 3D ޓެރެސްޓްރިއަލް ސްކޭނިން އަދި ޖިއޮގްރެފިކަލް އިންފޯމޭޝަން ސިސްޓަމް (ޖީއައިއެސް) އެއް ބޭނުންކޮށްގެންނެވެ. އަދި މި މަޢުލޫމާތު އާންމުންނަށް ބޭނުންކުރެވޭނެ އޮންލައިން ޑޭޓާބޭސްއެއްގައި ދަނީ އާންމު ކުރެވެމުންނެވެ.

ދިވެހިރާއްޖޭގެ ތަރިކައިގެ ސާވޭގެ ދަށުން އެއްކުރެވޭ މަޢުލޫމާތުތައް މިހާރުވެސް https://maldivesheritage.oxcis.ac.uk/ މި ވެބްސައިޓުން ބަލައިލެވެން ހުރިކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top