ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކައިމޫ ރިސޯޓްތަކަށް “ކޮވިޑް ސޭފްޓީ ގޯލްޑް ސެޓްފިކެޓް” ލިބިއްޖެ

ކައިމޫ ރިސޯޓް ޗޭނުން ހިންގަމުން އަންނަ ސަމަރ އައިލެންޑް މޯލްޑިވްސް، އެނބޫދޫ ވިލެޖް، އަދި އީކުއޭޓަރ ވިލެޖަށް ކޮވިޑް ސޭފްޓީ ގޯލްޑް ސެޓްފިކެޓް ލިބިއްޖެއެވެ.

ކޮވިޑް ސޭފްޓީ ގޯލްޑް ސެޓްފިކެޓަކީ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން މި ތިން ރިސޯޓުންވެސް އަޅާފައިވާ ފިޔަވަޅުތައް ބަލައިގަނެ ހޮޓެލް ރެސިލިއެންޓްގެ ފަރާތުން ދީފައިވާ ސެޓްފިކެޓެކެވެ. މި ސެޓްފިކެޓް ދިނުމުގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ކޮންމެ ރިސޯޓަކުންވެސް އަޅާފައިވާ ފިޔަވަޅުތައް ހޮޓެލް ރެސިލިއެންޓްގެ މިންގަނޑަށް ފެތޭތޯ ބަލައެވެ. އެގޮތުން، ވަކިން ހާއްސަ ސަމާލުކަމެއް ދީގެން، މުވައްޒިފުންނާއި ފަތުރުވެރިންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކާއި، ރިސޯޓްތައް ސާފުކޮށް ބެހެއްޓުމަށް މެނޭޖްމެންޓުން ކުރާ މަސައްކަތްތަކާއި، ޖިސްމާނީ ގައިދުރުކަން ގާއިމްކުރެވިފައިވާ މިންވަރާއި، ކޮވިޑް-19 ޖެހިއްޖެ ފަރާތަކަށް ފަރުވާދިނުމުގައި ރިސޯޓުން ގެންގުޅޭ އުސޫލުތައް ބެލުމަށް ވަނީ ހަމަޖެހިފައެވެ. ގޯލްޑް ސެޓްފިކެޓަކީ ހޮޓެލް ރެސިލިއެންޓްގެ ފަރާތުން އަރުވާ އެންމެ މަތީ ސެޓްފިކެޓެވެ.

ކައިމޫ ރިސޯޓްސްގެ “ސަމަރ އައިލެންޑް” ރިސޯޓް

މި ސެޓްފިކެޓް ލިބުމާއި ގުޅިގެން ކައިމޫގެ މެނޭޖިންގ ޑިރެކްޓަރ މާނިހް އަހްމަދު ވިދާޅުވީ، މިކަމުން ރިސޯޓްތަކުގެ ރައްކާތެރިކަން ދައްކުވައިދޭކަމަށާއި، އަލުން ރިސޯޓް ހުޅުވިއިރު އަޅާފައިވާ ފިޔަވަޅުތަކުގެ ހަރުދަނާކަންވެސް ދައްކުވައިދޭކަމަށެވެ. އަދި، ފަތުރުވެރިންނަށް ރައްކާތެރިކަމާއެކު ވަގުތު ހޭދަކޮށްލެވޭނެ މާހައުލެއް ގާއިމުކުރެވިފައިވާކަން ހޮޓެލް ރެސިލިއެންޓްއިން ބަލައިގަނެފައިވާތީ އެކަމާ އުފާ ކުރައްވާކަމަށްވެސް މާނިހް ވިދާޅުވިއެވެ.

ކައިމޫ ރިސޯޓްސްގެ “އީކުއޭޓަރ ވިލެޖް” ރިސޯޓް

ކޮވިޑް-19ގެ ސަބަބުން ބަންދުކުރުމަށްފަހު ސަމަރ އައިލެންޑް މޯލްޑިވްސް، އެނބޫދޫ ވިލެޖް، އަދި އީކުއޭޓަރ ވިލެޖް ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top