ރާއްޖޭގައި މިވަގުތު އޮތް އެންމެ ކާމިޔާބު ރެކޯޑް ލޭބަލް ސިމްބޮލިކުގެ މިއުޒިކީ ކޯރުން އުފެއްދި ހިތްގައިމު ”ކޯވަރެއް“ މިއަދު ނެރެފިއެވެ. އެހުންތެރިންގެ ކަރުހިއްކުން ފިލައި އަލާކެނޑޭވަރުގެ ހިތްގައިމު ރާގުތަކަކަށް އަމުނާލާފައި ސަޅި ޅެންވެރިކަން ހިމެނޭ މި އަލްބަމް ރިލީޒްކޮށްދެއްވީ ފާރިޝް މަޢުމޫނެވެ.
މި އަލްބަމާމެދު ސިމްބޮލިކުން ބުނަނީ މިއީ މި އަހަރަށް ރަނގަޅު ފެށުމެއް ކަމަށާއި މިއީ އަދި ކޯރަކުން ހަމަ #ކޯވަރެއް ކަމަށެވެ. ޖުމްލަ 20 ލަވަ ހިމެނޭ ”ކޯވަރެއް“ ރިލީޒްކޮށްފައިވަނީ މިއަދު ބައިސްކޯފުގައި ބޭއްވި ޚާއްޞަ އިވެންޓެއްގައެވެ.
”ކޯވަރެއް“ އަލްބަމާމެދު ބައިސްކޯފުން ބުނީ ސިމްބޮލިކް ރެކޯރޑްސްގެ ކޯވަރެއް މިހާރު ބައިސްކޯފު އެޕުން އަޑުއަހާލެވޭނެ ކަމަށާ މި އަލްބަމުގައި ޖުމްލަ 20 ލަވަ ހިމެނޭއިރު، ގިންތިއެއް ފަންތިއެއް އިސްތިސްނާކުރުމެއް ނެތި ކޮންމެ ފަރުދެއްގެވެސް އިހުސާސްތަކާ ކުޅެލާނެ ފަދަ ހިތްގައިމު ލަވަތައް އެކުލެވިގެންވާ ކަމަށެވެ.
”ދިވެހި ޅެންވެރިކަމަށް އިންގިލާބެއް ގެނުވި ޒުވާނުންތަކެއްގެ އެންމެ ފަހުގެ އުފެއްދުން މިޅެންވެރިންގެ ދުވަހުގައި ރިލީޒްކުރަން ލިބުމަކީ އަޅުގަނޑުމެންނަށް ލިބުނު ފަޚުރެއް. ދިވެހި ޅެންވެރިންނާއި އެކު އަންނަން އޮތް ޖީލުތަކަށް ދިވެހި ތަރިކަ ފޯރުކޮށްދިނުމަށް އަޅުގަނޑުމެންވެސް ތައްޔާރު.“ ބައިސްކޯފުން ބުނެފައިވެއެވެ.
މި އަލްބަމް އަޑުއަހާލެވޭނީ ބައިސްކޯފަށް ސަބްސްކްރައިބްކޮށްގެންނެވެ. މިއީ ހަމަ ގައިމުވެސް އަޑުއަހައިލުމަށްފަހު ފުރިހަމަ ހިތްހަމަޖެހުމެއް ލިބޭހާ މޮޅަށް ތައްޔާރުކޮށްލާފައި އަލްބަމެއްކަން ފާހަގަކޮށްލެވެއެވެ.
Brace yourself, the #redarmy is here. Subscribe to Baiskoafu to savour the full album Koavreh, exclusively on #Baiskoafu. We swear, it’s a mere drop in the vast ocean of their creativity.
Keep streaming it all only on #Baiskoafu@SymbolicRecords pic.twitter.com/JpqOHv40SG— Baiskoafu (@baiskoafu) January 15, 2021
”ކޯވަރެއް“ އަޑުއެހި ފަރާތްތަކުން މި އަލްބަމުގެ މަސައްކަތަށް ވަރަށް ބޮޑަށް ތަޢުރީފުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
”#ކޯވަރެއް ބަނޑުބޮޑުވެއްޖެ“ އެހުންތެރިއެއް ޓްވިޓަރގައި ލިޔެލާފައިވެއެވެ.
”ކޯވަރެއް“ މިއީ ސިމްބޮލިކް ރެކޯޑްސް އާއި ބައިސްކޯފު ގުޅިގެން މިފަދަ ކަމެއް ކުރި ފުރަތަމަ ފަހަރެވެ. ދިވެހި މިއުޒިކް އިންޑަސްޓްރީއާއި މުނިފޫހިފިލުވުމުގެ ދާއިރާގެ އާޓިސްޓުންނަށް ބައިސްކޯފުން ވެދޭ އެހީތެރިކަމަށް ޝުކުރުއަދާކުރަމުން އެކަން ވަރަށް ބޮޑަށް ސިމްބޮލިކުން ފާހަގަކޮށްފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




