ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކެޓްރީނާ “މެޑަމް ޗީފް މިނިސްޓަރ” ގެ ލީޑް ރޯލް ބޭނުންވި

ކޮންމެ ފިލްމެއް އުފެއްދުމަށްވެސް އެތައް ބުރަ މަސައްކަތެއް ކުރަން ޖެހެއެވެ. އެތައް ގޮންޖެހުންތަކެއް ދިމާވެއެވެ. ފިލްމެއް ފެށުނީއްސުރެ ނިމެންދެން މައްސަލަތަކެއް ދިމާނުވެ، ޑައިރެކްޓަރު ބޭނުންވާ ގޮތަށް އޮމާންކޮށް ނިންމާލެވެނީ ވަރަށް މަދު ފިލްމެކެވެ.

ބޭނުންވާ ތަރިއަށް ވަގުތު ދެވެން ނެތިގެން ނުވަތަ އެ ތަރިއަށް ފިލްމުގެ ސްކްރިޕްޓް ކަމުނުގޮސްގެން ފިލްމު ދޫކޮށްލުން ފަދަ އެކި މައްސަލަތައް ދިމާވެއެވެ. އޭގެ ތެރެއިން ސުބާޝް ކަޕޫރަކީ ގޮންޖެހުންތަކާއި އެކުވެސް އޭނާ ބޭނުންވި ތަރިއާއެކު ފިލްމު ފުރިހަމަ ކުރެވުނު މަދު ޑައިރެކްޓަރުންގެ ތެރެއިން އެކަކެވެ.

ސުބާޝްގެ ކުރިއަށް އޮތް ފިލްމު “މެޑަމް ޗީފް މިނިސްޓަރ”ގެ ޓައިޓްލް ރޯލް ކުޅުވަން އޭނާ ބޭނުންވީ ރިޗާ ޗައްދާ ލައްވައެވެ. އޭނާ ރިޗާ ލައްވާ އެ ފިލްމު ކުޅުވަން ބޭނުންވީ ރިޗާގެ އިންޓަވިއުއެއް ބެލުމަށްފަހުގައެވެ. އެ އިންޓަވިއުއަށްފަހު އޭނާގެ ފިލްމުގައި ކިޔައިދޭ ނުފޫޒުގަދަ ސިޔާސީ އަންހެނެއްގެ ވަރުގަދަ ރޯލަށް އެންމެ ފިޓުވާ ތަރިއަކީ ރިޗާ ކަމަށް އޭނާއަށް ޤަބޫލު ކުރެވުނެވެ. ނަމަވެސް މައްސަލަ ދިމާވީ ކެޓްރީނާ އެ ރޯލަށް ޝައުޤުވެރިކަން ފާޅުކުރި ހިސާބުންނެވެ.

މީގެ ދިހަ އަހަރު ކުރިން ނުކުތް “ރާޖްނީތީ”ގައި ކެޓްރީނާ ވަނީ ސިޔާސީ އަންހެނެއްގެ ރޯލު ކުޅެފައެވެ. ނަމަވެސް އޭނާ ހުރީ އަންހެނަކު އެކަނި ލީޑް ކުރާ ސިޔާސީ ފިލްމަކަށް އުއްމީދުކޮށްގެން ކަމުން މި ފިލްމުގެ ވާހަކަ އަޑު އިވުމުން އޭނާ ސުބާޝްއަށް ހުށަހެޅީއެވެ. އެގޮތުން ކެޓްރީނާ ވަނީ އޭނާ އަމިއްލައަށް އޮޑިޝަން ޓޭޕެއް ތައްޔާރުކޮށް ސުބާޝްއަށް ފޮނުވާފައިކަމަށް ވަރަށް މުޢުތަބަރު ފަރާތަކުން ރިޕޯޓުކޮށްފައިވެއެވެ. ކެޓްރީނާގެ އެ ޓޭޕް ސުބާޝްއަށް ލިބުމުން ރިޗާ އޮންބޯޑަށް ގެންނަން ގިނަ ދުވަސްތަކެއް ނެގިކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

އެންމެފަހުން ސުބާޝް ނިންމީ ރިޗާއާއެކު ފިލްމު ކުރިއަށް ގެންދާށެވެ. އެއީ އެންމެ ފުރަތަމަވެސް އޭނާގެ ވިސްނުމުގައި ހުރީ ރިޗާ ކަމަށްވެފައި ރިޗާގެ ޕާފޯމަންސްއާއި ފިޒީކާއި ލުކްސްއަށް ބަލާއިރު އެފަދަ ވަރުގަދަ ރޯލަކަށް ކެޓްރީނާއަށްވުރެ ރިޗާ މާބޮޑަށްވެސް ފިޓް ވާތީކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޗާގެ އިތުރުން މި ފިލްމުގެ މައިގަނޑު ރޯލުތައް ކުޅެނީ މާނަވް ކޯލް، އަކްޝޭ އޮބެރޯއީ، ސައުރަބް ޝުކްލާ، ސުބްރަޖިޔޯތީ ބަރާތު އަދި ނިކިލް ވިޖޭއެވެ. މި ފިލްމު ރިލީޒްކުރާނީ މި ހިނގާ ޖެނުއަރީ މަހުގެ 22 ގައި ސިނަމާތަކުގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top