ފިލްމީ ތަރިންނާއި އެކުގައި ފޮޓޯއެއް ނެގުމަކީ ގިނަ ބަޔަކު ވަރަށް ކޮށްލާ ހިތްވާ ކަމެކެވެ. ރާއްޖޭގެ ސްޓާރުންނާއި އެކުގައިވެސް ފޮޓޯއެއް ނެގިއްޖެނަމަ އަހަރެމެން ހިތްހަމަޖެހެ އެވެ. އެގޮތުން ފުންނާބު އުސް ފިލްމީ ފަންނާނު ރިޝްމީ ރަމީޒް އާއި އެކުގައި ފޮޓޯއެއް ނަގާހިތުން ކިތަންމެ ބަޔަކު އުޅޭނެކަން ޔަޤީނެވެ. ހަމަ އެހެންމެ ބޭރުގެ ފިލްމީ ތަރިންނާއި އެކުގައި ފޮޓޯއެއް ނެގޭގޮތް ވުމަކީ ރިޝްމީ އަށްވެސް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއްކަން ޔަޤީން ކުރެވެއެވެ.
ރިޝްމީ ރަމީޒް މިވަނީ ބޮލީވުޑްގެ އެންމެ ފުންނާބު އުސް ސްޕަރސްޓާރ ޝާހްރުކްޚާން އާއި އެކުގައި ފޮޓޯއެއް ނަގާފައެވެ. ރިޝްމީ ގެ ފޭސްބްކް ގައި ވަނީ އެ ފޮޓޯ އާއްމުވެސް ކޮށްފަ އެވެ. ބެލެވޭގޮތުން ރިޝްމީ އެ ފޮޓޯ ނަގާފައި ވަނީ މެލޭޝިޔާ ގައެވެ.
“މިއީ ފަހަރެއްގައި އޭނާ (ޝާހްރުކްޚާން) އާއި އެންމެ ކައިރި ވެވޭނެ ގޮތް.” އުށުން (ވެކްސް އިން) ހަދާފައިވާ ޝާހްރުކްޚާން ގެ ބުދެއް ކައިރީގައި ނަގާފައިވާ ފޮޓޯ ޕޯސްޓް ކުރަމުން ރިޝްމީ ބުނެފައި ވެއެވެ.

އުށުން ހަދާފައިވާ ޝާހްރުކްގެ ބުދާއިއެކު ނަގާފައިވާ ފޮޓޯ ރިޝްމީގެ ފޭސްބްކް އަށް ލަމުން ކޮށްފައިވާ ޕޯސްޓްގެ ސްނިޕް އެއް
ޝާހްރުކްޚާން ގެ ސޫރައަށް ހަދާފައިވާ މި ބުދަކީ ވަރަށް ފުރިހަމައަށް ވަރަށް އެއްގޮތަށް ހަދާާފައިވާ ބުދެއްކަން ފާހަގަކޮށްލެވެ އެވެ. ރިޝްމީ ކޮށްފައިވާ ޕޯސްޓްގައި އެއީ އުށުން ހަދާފައިވާ ބުދެއް ކަމަށް ބުނެފައި ނުވާނަމަ އެއީ އަސްލެއްކަން ނުވަތަ ފޮޓޯޝޮޕް ކޮށްފައިވާ ފޮޓޯއެއް ކަމަށް ޤަބޫލުކުރެވޭނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!