ސްޓާ ޕްލަސް އިން ދައްކަމުން އަންނަ “އިމްލީ” ސީރީޒްގައި މިއީ ޓްވިސްޓަކަށް ފަހު ޓްވިސްޓެއް އަންނަ ދުވަސްކޮޅެކެވެ. އެގޮތުން މި ސީރީޒްގައި ސަސްޕެންސެއްގެ ގޮތަށް ހިފަހައްޓާފައި އޮންނަ ބޮޑު ސިއްރު އަދި ވެސް ވަނީ އެގޮތުގައި ހިފަހައްޓާފައެވެ. އެހެން ނަމަވެސް ކުރިއަށް އޮތް އެޕިސޯޑްގައި މާލިނީގެ ބައްޕަ ދޭވް ޗަތުރަވެދީ އަށް އިމްލީ އަކީ އޭނާގެ އުފަން ދަރިއެއްކަން އެނގިގެންދާނެ ކަމަށް ސްޕޮއިލާ އެލާޓްތައް ބުނެއެވެ.

އިމްލީ ހޮސްޕިޓަލުގައި އޮއްވާ އަދިތިޔާގެ އާއިލާއިން ހޮސްޕިޓަލަށް ދަނީ ވަރުގަދަ މިޝަންއަކާ ވެސް އެކުގައެވެ. އެގޮތުން މާލިނީ އިސްވެ ހުރެ، އަދިތިޔާގެ އާއިލާގައި ހިމެނޭ ހުރިހައި އަންހެންވެރިން އިމްލީގެ ވަށާލައި، އިމްލީގެ ތަކެތީގެ ތެރެއިން ކުރީ ދުވަހު ފެނުނު ފައިގެ އިނގިލީގައި އަޅާ މުންޖާ ބެހޭގޮތުން ސުވާލުކުރެއެވެ. ނަމަވެސް އެ ސުވާލަށް އިމްލީ ޖައްސާނީ ކޮންފަދަ ސްޓޯރީއެއް ކަަމެއް އެނގިގެން ދާނީ ކުރިއަށް އޮތް އެޕިސޯޑުންނެވެ.

ސްޕޮއިލާ އެލާޓް ބުނާގޮތުން އިމްލީ ކައިރިއަށް ދޭވް ޗަތުރަވެދީ (އިންދްރަނީލް ބަޗާރިއާ) ދެއެވެ. އޭނާގެ ގެއިން ތަށިބަރި ތައްޔާރުކޮށްގެންނެވެ. އަމިއްލަ އަނބިމީހާ ގާތު ބޮޑު ދޮގެއްވެސް ހަދާފައެވެ. ދޭވް އާއި އިމްލީ އާ ދެމެދު ދެކެވޭ ވާހަކަތެއް ދެކެވުމަށްފަހު، އިމްްލީ ލިޔެފައިވާ ސިޓީއެއް ދޭވްގެ އަތަށް ދެއެވެ. އެ ސިޓީ އޭނާގެ މަންމައަށް ޕޯސްޓްކޮށްދިނުމަށް އެދެމުންްނެވެ. ސިޓީ އުރައިގެ ބޭރުގައި ޖަހަންވީ ކޮންް އެޑްރެހެއްތޯ ދޭވް ސުވާލުކުރެއެވެ. އިމްލީ ބުނާ އެޑްރެސް ޖެހުމާއެކު ދޭވް އަށް ވަރުގަދަ ޝޮކެއް ލިބެއެވެ. ފަހަރުގައި އެ ސިޓީގައި އިމްލީގެ އެޑްރެހުގެ އިތުރުން އިމްލީގެ މަންމަގެ ނަން، ‘މީޓ’ީ ލިޔެލީކަމަށް ވެސް ވެދާނެއެވެ.

ކޮންމެއަކަސް، އިމްލީ އަކީ ދޭވްގެ އަމިއްލަ ދަރިއެއްކަން އެނގުމަކީ ހަމަ ގައިމުވެސް ދޭވް އަށް ލިބޭ އުފާވެރިކަމެއްގެ އިތުރުން ބޮޑު ހާސްކަމަކަށް ވެސް ވާނެއެވެ. ސުވާލަކީ ދޭވް އަށް އެކަން އެނގުމުން، އެވާހަކަ އިމްލީ އާ ހިއްސާކުރާނެބާވައެވެ؟ ބަލަން ތިބެމާ ހިނގާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.