ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބ. ގޮއިދޫގައި ކަނބަލުންނަށް ފުޓްސަލް ކޭމްޕެއް ބާއްވައިފި

ބ.ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމެންޓް ސޮސައިޓީން ކުރިއަށް ގެންދިޔަ މި ކޭމްޕަކީ އާއްމުކޮށް ހުރިހާ އުމުރެއްގެ އަންހެން ކުދިންނަށް ހާއްސަކޮށްގެން ބޭއްވި ކޭމްޕެއް ކަމަށް އެ ސޮސައިޓީން މައުލޫމާތު ދެއްވައެވެ.

ޖުމްލަ 20 ކުދިން ބައިވެރިވި މި ކޭމްޕްގައި ކޯޗުކަން ކޮށްދީފައިވަނީ ރަށުގައި ފުޓްސަލް ކުޅުމަށް ހަރަކާތްތެރިވާ ރަށުގެ ޒުވާނުން ކަމަށާއި އެ ބޭފުޅުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނުކަމުގައި ޔޫތު ސޮސައިޓީގެ ރައީސް އަލްފާޟިލް ހަސަން ނިޒާމް ވިދާޅުވިއެވެ.

17 ޑިސެމްބަރު 2020ން 28 ޖެނުއަރީ 2021އަށް ކޭމްޕް ކުރިއަށް ގެންދެވުނުއިރު މިކަމުގެ ސަބަބުން ކުދިންގެ ކުޅުމަށް ރަގަޅު ބަދަލުތަކެއް އައި ކަމަށް ފާހަގަކުރެވުނު ކަމުގައި ހަސަން ވިދާޅުވިއެވެ. “ކުދިންގެ ކުޅުމަށް ވަރަށްބޮޑު ތަފާތުތަކެއް އައި މި ކޭމްޕްގެ ސަބަބުން.. އުއްމީދަކީ މިއަހަރު އިތުރު ކޭމްޕެއް ބޭއްވުން” ހަސަން ވިދާޅުވިއެވެ. އަދި މިހާރުވެސް ފިރިހެން ކުދިންގެ ފުޓްސަލް ކުރިއަށްދާކަމަށް މައުލޫމާތު ދެއްވިއެވެ.

ބ.ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެެލޮޕްމަންޓް ސޮސައިޓީއަކީ ޒުވާނުންނަށް ހާއްސަކޮށްގެން މިފަދަ ގިނަ ހަރަކާތްތަކެއް ބާއްވަމުން އަންނަ ސޮސައިޓީއެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން 2019 ވަނަ އަހަރުވަނީ ދެ ޖިންސްގެ ޒުވާނުންނަށް އަމާޒުކޮށްގެން ކައިޓް ކޭމްޕެއްވެސް ބާއްވާފައެވެ.

[responsive-slider id=34780]

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top