ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިންޑިއަން އައިޑަލް އަބީޖީތު ރާއްޖޭގައި

އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އިންޑިއަން އައިޑަލްގެ ޓައިޓަލް އެންމެ ފުރަތަމަ ކާމިޔާބު ކުރި އަބީޖީތު ސާވަންތު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެއެވެ.

ސަން ޝިޔާމް އިރުފުށި ރިޒޯޓްގައި އޭނާ ޗުއްޓީ ހޭދަކުރަމުންދާއިރު ރާއްޖޭގެ ހިތްގައިމު ފޮޓޯ ތަކެއް އޭނާވަނީ ޝޯޝަލް މީޑިޔާއަށް ދޫކޮށްލާފައެވެ.

ދިވެހިންގެ މެދުގައި މަގުބޫލު އަބީޖީތު ވަނީ 2016 ވަނަ އަހަރު ލ. ފޮނަދޫގައި ބޭއްވި ޕީއެސްއެމް އީދު ޝޯއެއްގައި ޕާރފޯމް ކޮށްފައެވެ.

އޭނާގެ ފާހަގަކޮށްލެވޭ ލަވަތަކަށް ބަލާލާއިރު ލަފްޒޯމޭ، ޒާލިމާ އަދި ޖުނޫން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top