ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހުއްޓާނުލައި ކައިޓު ދުއްވުމުގެ ހަރަކާތެއް ބ. ގޮއިދޫގައި

ބ. ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓްއިން އިސްނަގައިގެން 48 ގަޑި އިރުވަންދެން ހުއްޓާނުލައި ކައިޓް ދުއްވުމުގެ ހާއްސަ އިވެންޓް ގޮއިދޫގައި މިއަދު ފަށާފައިވާއިރު ވައިޖެހޭނަމަ 72 ގަޑި އިރަށް މިހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ.

ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީގެ ރައީސް އަލްފާޟިލް ހަސަން ނިޒާމް ވިދާޅުވި ގޮތުގައި މި އިވެންޓްގައި ދެޖިންސުގެ ޒުވާނުންވެސް ބައިވެރިވާނެއެވެ.

“މީ 48 ގަޑިއިރަށް ކުރިއަށް ގެންދާ އިވެންޓެއް … 15 ވަރަކަށް ކުދިން ބައިވެރިވާނެ.. އަބަދުވެސް އެއް ކައިޓު ހުންނާނީ ދުއްވަ ދުއްވާ… ނަމާދު ވަގުތު ތަކުގައި ކައިޓް ނުދުއްވާނެ.” ހަރަކާތް ކުރިއަށްދާ ގޮތް މުނިއަވަސް އާ ހިއްސާކުރައްވަމުން ހަސަން ވިދާޅުވިއެވެ.

މިއަދު ހެނދުނު 11ން ފެށިގެން މި ހަރަކާތް ފަށާފައިވާއިރު މިއީ ގޮއިދޫ ގައި މިފަދަ ހަރަކާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ހދ. ކުޅުދުއްފުށީގައި ވަނީ ހުއްޓާނުލައި 24 ގަޑިއިރު ކައިޓް ދުއްވާފައެވެ.

[responsive-slider id=34859]

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top