މީސް މީޑިއާގައި ވަރަށް ބޮޑު މަޤްްބޫލުކަމެއް ހޯދާފައިވާ ބޮލީވުޑްގެ ތަރި ޓައިގަރ ޝްރޮފް އަކީ އޭނާއަށް ގިނަ ބަޔަކު ސަޕޯޓްކުރާތީ އެކަމާ ވަރަށް ހިތްހަމަޖެހޭ ތަރިއެކެވެ. ފިލްމު “ބާގީ”ގެ އެކްޓަރު ޓައިގަރ ޝްރޮފްގެ އެންމެ ވަރުގަދަ ފޭނެއްކަމަށް ބުނަމުން އަންނަ ތުއްތު ކުއްޖެއް ދާދިފަހުން ރެކޯޑްކޮށް އާއްމުކުރި ވީޑިއޯ މެސެޖެއް އެ ކުއްޖާ ވަނީ މީސް މީޑިއާގައި ހިއްސާކޮށްފައެވެ. ވީޑިއޯ ހިއްސާކުރަމުން އެ ކުއްޖާ ލިޔެލާފައިވަނީ ވަރަށް ހިތްގައިމު މެސެޖެކެވެ.
“ހެލޯ ޓައިގަރ ޝްރޮފް. އަހަންނަކީ އަޔާންޝް. އަހަންްނަކީ ޓައިގަރގެ އެންމެ ބޮޑު ފޭންް. އައި ލަވް ޔޫ.” އުމުރުން އެންމެ ފަސް އަހަރުގެ އަޔާންޝް ލިޔެލާފައި ވެއެވެ. އެ މެސެޖަށް ޓައިގަރ ދީފައިވާ ޖަވާބަކީ ހަމަ ގައިމުވެސް ޝައުޤުވެރި ޖަވާބެކެވެ.
“ހައި އަޔާންޝް. އަހަންނަކީވެސް އަޔާންޝްގެ އެންމެ ބޮޑު ފޭން. އައި ލަވް ސްޕައިޑީ.” އަޔާންޝް ލައިގެން ހުރި ސްޕައިޑަމޭންގެ ކޮސްޓިއުމަށް އިޝާރާތްކޮށް ޓައިގަރ ލިޔެލާފައިވެއެވެ.
Hi ayansh im your biggest fan too! I love spidey😍 https://t.co/OCLtEt1lnF
— Tiger Shroff (@iTIGERSHROFF) February 1, 2021
ޓައިގަރ ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލްމު “ރާންބޯ”ހެ ހިންދީ ރީމޭކް “ގަނަޕަތު” އިންނެވެ.
