ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސީޒަން ބްރޭކަށްފަހު “އެއްކަލަ ޝޯވ” ފަށައިފި

ސިޔާސީ ރަހަތަކާާއެކު މަޖާ ގޮތަކަށް ޗޮޕްއާރޓުން އުފައްދާ ގެނެސްދެމުން އަންނަ އެނިމޭޓެޑް ކޮމެޑީ “އެއްކަލަ ޝޯވ”ގެ ސީޒަން ބްރޭކަށް ފަހު އަނެއްކާވެސް ފަށައިފިއެވެ. މިފަހަރުގެ ޝޯވގެ މެހެމާނަކީ ރަން ތިރީސް އަހަރުގެ ބާނީ ‘މަޒުމޫނު’ އެވެ.

“އެއްކަލަ ޝޯޯވ”ގެ ހަތްްވަނަ އެޕިސޯޑުގައި ކުރީގެ ރައީސް ‘މަޒުމޫނު’ ގެނެސްފައިވާއިރު، ޝޯގެ ތެރެއިން އަހްމަދު ސޯލިހް އާއި ފަސްޓްލޭޑީގެ އިތުރުން ވައްޑެ އާއި ޔާމީން އަދި ކަދުރު ފާތުމަ ވެސް ދައްކާލާފައި ވެއެވެ.

ބައިސްކޯފުން ގެނެސްދެމުން އަންްނަ “އެއްކަލަ ޝޯވ” ސީޒަން ބްރޭކަށް ދިޔައީ ހަވަނަ އެޕިސޯޑާއި އެކުގައެވެ. އެ އެޕިސޯޑްގެ މެހެމާނަކީ މޫސާ ސީޒަން އެވެ.

“އެއްކަލަ ޝޯވ” އަކީ ކޮމެޑީ ސްޓައިލެއްގައި މުޖުތަމަޢުގައި ހިނގާ ކަންކަމަށް ޖޯކްޖަހައި ގެނެސްދޭ ކޮމެޑީ ޝޯވ އެކެވެ. މި ޝޯވގައި މިހާތަނަށް ‘ޖާބިރު އާއި މައްސިމޯ، އައްނި، ސުނީ، އަދުރޭ’ ގެނެސްދީފައިވެއެވެ.

މި ޝޯވގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ ގެންނަ ކެރެކްޓަރ އާއި ވައްތަރުކޮށް ކާޓޫނު ކެރެކްޓަރ އެއް ފެނިގެންދާއިރު، އެ ކެރެކްޓަރގެ އަޑާއި ވަރަށް ވައްތަރުކޮށް އަޑު އަޅާފައި ހުންނަ ކަމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top