ރާއްޖޭގެ ލަވަކިޔުންތެރިންގެ ތެރެއިން ހިތްތަކުގެ އައިޑޮލް ޝަލަބީ އިބްރާހިމް ގެ އާ ލަވައެއް ރޭ ރިލީޒް ކޮށްފި އެވެ. ’ދޮންވެލި ތުނޑި‘ މި ނަމުގައި ޝަލަބީ އާއި ރާފިޔަތު ރަމީޒާ ގެ ހިތްގައިމު އަޑުން ކިޔާފައިވާ މި ލަވަ ރިލީޒް ކޮށްފައިވަނީ ދިވެހި ލަވައިގެ އިންޓަރނެޓް ޑާޓާބޭސް އެއްކަމަށްވާ ’ލަވަ ފޮށީގަ‘ އެވެ.
މި ހިތްގައިމު ލަވަ އަކީ ހިންދީ ލަވަތަކުގެ ތެރެއިން މަޝްހޫރުވެގެން ގޮސްފައިވާ ’ޔެ ރާތޭ ޔެ މޯސަމް ނަދީކާ ކިނާރާ…‘ މި ރާގަށް ކިޔާފައިވާ ލަވައެެކެވެ. ޝަލަބީގެ ފޭސްބްކް ޕޭޖުން ބުނީ މިއީ ދެގޮތެއް ނުވެ ޝަލަބީގެ ފޭނުން ގެ ގޮތުގައި ތިބި ސަޕޯޓަރުންނަށް އައު އަހަރުގެ ހަދިޔާ އެއްގެ ގޮތުން ރިލީޒް ކުރާ ލަވައެއް ކަމަށެވެ.
ލަވަ ޕްރޮޑިއުސް ކޮށް ލަވައިގެ ޅެން ހަދާފައި ވަނީ ރަޒިއްޔާ ޙަސަން އެވެ. ލަވައިގެ ރިކޯޑިން، މިކްސިން، މާސްޓަރިން އަދި ކޮމްޕޯސް ކޮށްފައިވަނީ ’ހައުސް އޮފް މިއުޒިކް‘ އިންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




