ބޮލީވުޑް ތަރި ވަރުން ދަވަން މިހާރު ކުޅެމުން އަންނަ ފިލްމު ”ޖުގް ޖުގް ޖީޔޯ“ އާއި ބެހޭ އިތުރު މަޢުލޫމާތުތަކެއް އަނެއްކާވެސް ހާމަވެއްޖެއެވެ.
ކުރިން މާގިނަ މަޢުލޫމާތުތަކެއް ހިއްސާކޮށްފައިނުވާ މި ފިލްމަކީ ރޮމޭންޓިކް ޑްރާމާ ފިލްމެކެވެ. މިދިޔަ އަހަރު ނޮވެމްބަރު މަހު ޗަންޑިގަޅްގައި ޝޫޓިންގ ފެށި ފިލްމުގެ ދެ ތަރިން ކަމަށްވާ ވަރުން ދަވަންއާއި ނީތޫ ކަޕޫރް އަދި ޑައިރެކްޓަރު ރާޖް މެހެތާ ކޮވިޑް-19 އަށް ފައްސިވުމާއެކު ޝޫޓިންގ މެދުކަނޑާލާފައި އަލުން ޝޫޓިންގ ފެށީ ޑިސެމްބަރު 20 ގައެވެ.
”މީގައި ކިޔައިދޭނީ ދެ ޖެނެރޭޝަނެއްގެ ދެ ޖޯޑެއްގެ ލޯބި، ކައިވެނީގެ ފަހުން އަންނަ މައްސަލަތަކާއެކު އޮންނަ ގޮތް. ލޯބީގެ ވަރަށް ޔުނިކް ޕޮއިންޓެއް މަޖަލާއި އެއްކޮށްލައިގެން ކިޔައިދޭނެ.“
ފިލްމާއި ގާތް ފަރާތަކުން ބުނެފައިވާކަމަށް ޕިންކްވިލާގައި ރިޕޯޓުކޮށްފައިވެއެވެ.
ރާޖް މެހެތާ ކުރިން ގެނެސްދިން ފިލްމު ”ގުޑް ނިއުޒް“ ގައިވެސް ކިޔައިދެނީ ދެ ޖޯޑެއްގެ މެދުގައި ހިނގާ ހާދިސާތަކެއްކަން ފާހަގަކޮށްލެވެއެވެ.
”ދެ ފިލްމުގެވެސް ލީޑް ރޯލުތަކުން ފެންނާނީ ދެ ޖޯޑު. އެކަމަކު ދެ ފިލްމުގެ ވާހަކަ މުޅިން ތަފާތު. ޖުގް ޖުގް ޖީޔޯގައި ބޮޑަށް ފެންނާނީ އާއިލާއާއި ކައިވެނިކޮށްގެން އުޅޭ ފިރިހެނަކު އޭނަގެ މަންމައާއި ބައްޕައާއި އޮންނަ ގުޅުން.“
ފިލްމާއި ގާތް ފަރާތަކުން ބުނެފައިވެއެވެ.
މިހާރު ކުރިއަށް ދަނީ ފިލްމުގެ އެންމެ ފަހުގެ ޝޫޓިންގ ޝެޑިއުލް ކަމަށްވެއެވެ. ރާޖް މެހެތާގެ މި ފިލްމުގައި ވަރުން ދަވަންގެ އިތުރުން މައިގަނޑު ރޯލުތަކުން ފެންނާނީ ކިއާރާ އަދުވާނީއާއި އަނިލް ކަޕޫރް އަދި ނީތޫ ކަޕޫރެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




