ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
72 ގަޑިއިރު ހުއްޓުމެއްނެތި ކައިޓު ދުއްވައި ގޮއިދޫ ކައިޓު ސާފަރުން ރާއްޖޭގެ ރެކޯޑު މުގުރާލައިފި

72 ގަޑިއިރު ހުއްޓުމެއްނެތި ކައިޓު ދުއްވައި ގޮއިދޫ ކައިޓު ސާފަރުން ރާއްޖޭގައި ކައިޓް ދުއްވުމުގެ ރެކޯޑެއް މުގުރާލައިފި އެވެ.

ބ. ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީން އިސްނަގައިގެން ބޭއްވި ކައިޓް ދުއްވުމުގެ ހާއްސަ އިވެންޓް ގޮއިދޫގައި ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

އެ ސޮސައިޓީގެ ރައީސް އަލްފާޟިލް ހަސަން ނިޒާމް ވިދާޅުވި ގޮތުގައި މި އިވެންޓްގައި 23 ކުދިން ބައިވެރިވިއެވެ.

ޒުވާނުންގެ މެދުގައި ކައިޓުދުއްވުމުގެ ޝައުގުވެރިކަން ހުރި މިންވަރު މި ހަރަކާތުން ހާމަވެގެން ހިގަންޖެކަމަށް ހަސަން ވިދާޅުވިއެވެ.

“ވަރަށް ހިތްވަރުކުރި އެކުދިން …. ވަރަށް ޝައުގުވެރިކަމާއެކު ހުރިހާކުދިން ވެސް ހަމަހަމައަށް ބައިވެރިވި.. މިކުދިންގެ ހިތްވަރުން މިކަން މިހާ ފުރިހަަޔަށް މި ނިންމާލެވުނީ.” ހަސަން ވިދާޅުވިއެވެ.

މި ހަރަކާތުގެ ބައިވެރިންގެ އިތުރުން ގޮއިދޫގެ ރައްޔިތުންނާއި ބެލެނިވެރިންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށް ހަސަން ވިދާޅުވިއެވެ. ހާއްސަކޮށް ބައިވެރިންގެ ކެއުމުގެ ހުރިހާކަމެއް ހަމަޖައްސައި ދިނީ ބެލެނިވެރިންނާއި ރައްޔިތުންގެ ފަރާތުންނެވެ. ހަރަކާތް ކުރިއަށް ދިޔައިރު ނިދުމާއި ކެއުމުގެ ހުރިހާކަމެއް ކައިޓު ދުއްވާ ސަރަޙައްދުގައި ހަމަޖައްސާފައި ވެއެވެ.

ހަސަން ނިޒާމް ވިދާޅުވީ މި އިވެންޓްގައި ބޭނުންކޮށްފައިވާ ގިނަ ކައިޓްތަކަކީ ޔޫތު މިނިސްޓްރީން ހަދިޔާކޮށްފައިވާ ކައިޓުތަކެކެވެ. އެކަން ފާހަގަކޮށް އެ މިނިސްޓްރީއަށް ހަސަން ޝުކުރުއަދާކުރެއްވިއެވެ. އަދި މީގެ އިތުރުން ޝުކުރުގެ ލިސްޓްގައި ރެޑްބުލް މޯލްޑިވްސް، މުޙައްމަދު ބޮކްސް، ރަށު ސްކޫލާއި ކައުންސިލްގެ ނަންވެސް ފާހަގަކުރިއެވެ.

މިއީ ދިވެހިރާއްޖޭގައި މިހާ ގިނައިރު ހުއްޓާނުލައި ކައިޓު ދުއްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިފަދަ ހަރަކާތެއް ކުޅުދުއްފުށީގައިވެސް ވަނީ ބާއްވާފައެވެ. އެރަށުގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 24 ގަޑިއިރަށެވެ.

[responsive-slider id=34938]

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top