ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެމްއޭސީއެލްއަށް ތްރީޑީ ޓަވަރަކާ ރާޑަރު ސިމިއުލޭޓަރެއް ހޯދުމަށް މައިކްރޯ ނެވް އާއި ހަވާލުކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އަށް °240 ފަސް ޗެނަލްގެ މޮނިޓަރ-ބޭސްޑް ތްރީޑީ ޓަވަރަކާ ރާޑަރު ސިމިއުލޭޓަރެއް ހޯދުމަށް މައިކްރޯ ނެވް އާއި ހަވާލުކޮށްފި އެވެ. މި ތްރީޑީ ޓަވަރާއި ރާޑަރު ސިމިއުލޭޓަރަކީ އެމްއޭސީއެލްގެ އޭވިއޭޝަން އިންސްޓިޓިއުޓްގައި ގާއިމުކުރުމަށް ހޯދާ ސެޓަޕެކެވެ.

މައިކްރޯ ނެވް އިން އެމްއޭސީއެލް އަށް މި ތަކެތި 10 ހަފުތާ ތެރޭގައި ފޯރުކޮށްދޭޭނެ ކަމަށާ ވީ އެންމެ އަވަހަކަށް މި ސިމިލޭޓަރ ބޭނުންކޮށްގެން އެމްއޭސީއެލްގެ އޭވިއޭޝަން އިންސްޓިޓިއުޓްގައި ތަމްްރީނުތައް ފަށާނެ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

އެމްއޭސީއެލްް އިން ބެސްޓް BEST (Beginning to End for Simulation and Training) (ބިގިނިންގ ޓު އެންޑް ފޯރ ސިމިއުލޭޝަން އެންޑް ޓްރެއިނިންގ) ސިމިއުލޭޓަރ ސެޓަޕް ބޭނުންކުރާނީ °240 މޮނިޓަރ-ބޭސްޑް 3ޑީ ޓަވަރ ސިމިއުލޭޓަރެއްގެ ގޮތުގައެވެ. އެގޮތުން މި ސިމިލޭޓަރު ބޭނުންކުރާނީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ)ގެ މިންގަނޑުތަކަށް ފައްތައިގެން އެއަރ ޓްރެފިކް ކޮންޓްރޯލް ތަމްރީނު ތަކަށާއި އައު އޮޕަރޭޝަނަލް ޕްރޮސީޖާތައް ވެލިޑޭޓްކުރުމަށެވެ.

މައިކްރޯ ނެވް ކުންފުންޏަކީ 1988 ވަނަ އަހަރު 2 އެއާރ ޓްރެފިކް ކޮންޓްރޯލަރުން އުފެއްދި ކުންފުންޏެކެވެ. މިއަދު އެތަނަކީ އެއަރ ޓްރެފިކް ކޮންޓްރޯލް ކުރުމާއި އެއަރ ޑިފެންސް ސިމިއުލޭޓަރުތަކާއި ތަމްރީނަށް ބޭޭނުންވާ ސިސްޓަމްތައް އުފައްދުމުގައި އެވޯޑްތައް ހޯދަމުން އަންނަ ސްޕެޝަލިސްޓް ޑިވެލޮޕަރ އަދި ސަޕްލައިކުރާ ކުންފުންޏެކެވެ.

މަސްދަރު: އެވިއޭޓަރސް މޯލްޑިވްސް

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top