ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކަސައުޓީ 2 ގައި ކޮމޮލިކާގެ ރޯލުން ފެނުނު އާމްނާ ރާއްޖޭގައި

ސްޓާޕްލަސް އިން ދެއްކި މަގުބޫލު ސީރީޒް “ކަހީނ ތޯ ހީގާ” އާއި “ކަސައުޓީ ޒިންދަގީ ކީ 2” އިން ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދި ބޮބޮލީވުޑްގެ ފިލްމީތަރި އާމްނާ ޝަރީފު ރާއްޖެ އައިސް ޗުއްޓީހޭދަކުރަމުން އެބަ ގެންދެއެވެ.

އިއްޔެ ރާއްޖެ އައި އާމްނާ ޗުއްޓީ ހޭދަ ކުރަމުންދަނީ ކަނޑިންމަ މޯލްޑިވްސް ރިސޯޓުގައެވެ.

“ކަސައުޓީ ޒިންދަގީކީ 2″ގައި ކޮމޯލިކާގެ ވަރުގަދަ ކެރެކްޓަރއިން އެންމެ ފަހުން ފެނިގެންދިޔަ އާމްނާ ރާއްޖޭގައި ހޭދަކުރާ ވަގުތުތަކުގެ ބައެއް ފޮޓޯތައް އޭނާގެ އިންްސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރަމުން އަންނަައިރު، ބޮލީވުޑްގެ ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރާފައިވެއެވެ.

ރާއްޖޭގެ ގޮނޑުދޮށްތަކުގައި އޭނާގެ ފަރިކަން ދައްކާ ފޮޓޯތައް ހިއްސާކުރަމުން އަންނަކަން ފާހަގަކުރަމުން، ބޮލީވުޑް ލައިފް އިން ބުނީ ކޮވިޑްގެ އުދާސްކަމުގެ ތެރޭގައި އިންޑިޔާގެ ގިނަ މީހުން ތިބިޔަސް، ބައެއް ފަރާތްތަކުން ރާއްޖެފަދަ ހިތްގައިމު މަންޒިލްތަކަށް ގޮސް ހިތްއުފާކުރާ މަންޒަރުތައް ފެނުމުން ދުވަހަކު ރާއްޖެ އައިސްފައިނުވާ ފަރާތްތަކަށްވެސް އެ އިހްސާސްތައް ފޮޓޯތަކުން ކޮންމެވެސް ވަރަކަށް ކުރެވޭ ކަމަށެވެ.

 

View this post on Instagram

 

A post shared by aamna sharif (@aamnasharifofficial)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top