ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އަތުރަންގީ ރޭ” ރިލީޒްކުރާ ތާރީޚް މިއޮތީ!

ސާރާ ޢަލީ ޚާން އަދި ދަނޫޝް ލީޑުން ފެނިގެންދާނެ ފިލްމު “އަތުރަންގީ ރޭ” މި އަހަރު އޯގަސްޓް 06 ގައި ރިލީޒްކުރަން ނިންމައި އެކަން އިއުލާާނުކޮށްފިއެވެ. މިއީ ޑައިރެކްޓަރ އާނަންދު އެލް ރާއީ ޑައިރެކްޓްކޮށްފައިވާ ފިލްމެެކެވެ.

ލޯބީގެ ވާހަކައެއްގެ މައްޗަށް ތައްޔާރުކުރާ “އަތުރަންގީ ރޭ” އިން ސާރާ ފެނިގެންދާނީ ޑަބަލް ރޯލުންނެވެ. އެގޮތުން ސާރާ ފެނިގެންދާނީ ދެ ޒަމާނަކަށް ނިސްބަތްވާ ޑަބަލް ރޯލަކުންނެވެ. ‘ކަލަރ ޔެލޯ ޕްރޮޑަކްޝަންސް’ އިން އުފައްދާ މިފިލްމުގެ މިއުޒިކް ތައްޔާރުކުރާނީ މަޝްހޫރު މިއުޒިކް ޑައިރެކްޓަރ އޭއާރް ރަހްމާން އެވެ.

‘ކަލަރ ޔެލޯ ޕްރޮޑަކްޝަންސް’ އިން ބުނީ ރޯމޭންސް ފެތުރުމަށް “އަތުރަންގީ ރޭ”ގެ ޓީމުން ތައްޔާރަށް ތިބިކަމަށާ، ފިލްމު ބޮޑު އިސްކިރީނަށް އަންނާނީ 06 އޯގަސްޓް 2021ގައި ކަމަށާ ރަސްމީކޮށް ދުވަސްގުނަން ފެށިއްޖެ ކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top