ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބ. ގޮއިދޫގައި ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށައިފި

ބ. ގޮއިދޫގައި ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. އެގޮތުން ފެނާއި ނަރުދަމާއަށް ބޭނުންވާ ހޮޅިވަޅުލުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ.

މަސައްކަތް ރަސްމީކޮށް ފެށުމުގެ ގޮތުން 17 ޖެނުއަރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަޙްމަދު ދެއްކި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ކޮވިޑް-19ގެ މިޙާލަތުގައިވެސް ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވަނީ އަރުވާފައެވެ.

ފެނާ ނަރުދަމާގެ މަޝްރޫޢުއާއެކު އެރަށުގައި ބޯފެން ރައްކާކުރާ ނިޒާމެއްވެސް ޤާއިމުކުރާނެއެވެ. މި މަޝްރޫޢުގެ ދަށުން އެރަށުގައި 15.9 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް އަދި 8.7 ކިލޯމީޓަރުގެ ނަރުދަމާގެ ވިއުގައެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓްގައި ގޮއިދޫގެ 153 ގެއަށް ނެޓްވޯކް ގުޅުމަށްވަނީ ހަމަޖެހިފައެވެ. 46 މިލިއަން ރުފިޔާއަށް ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ޙަވާލުކޮށްފައިވަނީ 2019ވަނަ އަހަރުއެވެ.

ކޯވިޑްގެ ޙާލަތުގައިވެސް މިއަހަރުގެ ޖޫން އަށް މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top